ads
އުރީދޫ 5ޖީ އެއާފައިބާ ރައުޓަރުން 50 އިންސައްތަ ޑިސްކައުންޓާ އެކު ޕެރިހަށް ދިއުމުގެ ފުރުސަތު އުރީދޫން ވަނީ ހުޅުވާލާފައި - ފޮޓޯ:އުރީދޫ
އުރީދޫ 5ޖީ އެއާފައިބާ ރައުޓަރުން %50 ޑިސްކައުންޓާއެކު ޕެރިހަށް ދިއުމުގެ ފުރުސަތު
އުރީދޫ 5ޖީ އެއާފައިބާ އާއެކު ހަލުވި ސްޕީޑުގެ އިންޓަނެޓާ އެކު ޕެރިހަށް ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން ވަނީ ހުޅުވާލާފަ އެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ 5ޖީ ނެޓްވޯކުން މިހާރު މުޅި މާލެ ސަރަހައްދު ކަވަރުކޮށް، ހައި - ސްޕީޑްގައި އަދި އިންޓަނެޓް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާ އެކު މިހާރު މެދުކެނޑުމެއް ނެތް އިންޓަނެޓް ވަނީ ފަހިވެގެން ގޮސްފައި ކަމަށެވެ. އަގުހެޔޮކޮށް ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދާދިފަހުން އުރީދޫން ވަނީ 5ޖީ އެއާފައިބާ ޕޯޓްފޯލިއޯއަށް ވަރުގަދަ އަޕްގްރޭޑްތަކެއް ގެނެސް ބޮޑެތި ޑޭޓާ އެލަވަންސްތަކާ އެކު ސްޕީޑްތައް އިތުރުކޮށްފަ އެވެ. އުރީދޫގެ 5ޖީ އެއާފައިބާގެ ހަލުވި ސްޕީޑާއި ލޯ ލެޓެންސީ އާއެކު މި ހިދުމަތަކީ ވިޔަފާރިތަކާއި ގޭމް ކުޅޭ ފަރާތްތަކުގެ އިތުރުން ގިނަ ގިނައިން ސޮފްޓްވެއާ އާއި ގޭމް އަޕްޑޭޓްކޮށް ސްޓްރީމްކުރާ ފަރާތްތަކަށް ފުރިހަމަ ހިދުމަތެކެވެ.

5ޖީ އެއާފައިބާ ކަސްޓަމަރުންނަށް މިހާރު ކުރިއަށްދާ އޮފާތައް:

  • އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން 5ޖީ އެއާފައިބާ ހިދުމަތަށް އެދިލައްވާ ފަރާތްތަކަށް ރައުޓަރުން 50 އިންސައްތަ ޑިސްކައުންޓް ލިބޭނެ

  • ގޭމަރުންނަށް ހާއްސަކޮށް ތައާރަފުކޮށްފައިވާ 5ޖީ ގޭމާސް ޕެކް މެދުވެރިކޮށް 100 އެމްބީޕީއެސް ސްޕީޑާ އެކު 250 ޖީބީ ލިބޭ މި ޕްލޭނަކީ ކޮންމެ ހަފުތާއަކު 250 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭ ޕްލޭނެއް. ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ގޭމިން ޕެކް މެދުވެރިކޮށް ޕެކޭޖް އިންކްލޫސިވް ޑޭޓާ އެއްކޮށް ބޭނުން ކުރުމަށްފަހުވެސް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ލިބިގެންދޭ. އުރީދޫ 5ޖީ އަދި 4ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑާ އެކު ކަސްޓަމަރުންނަށް ހަފުތާއަކު 250 ރުފިޔާ ޓޮޕްއަޕްކޮށް މުޅި މަހަށް 1 ޓީބީ ޑޭޓާ ލިބޭނެ. މި ޕްލޭން އެކްޓިވޭޓްކޮށްލުމަށް http://ore.do/5gamers ޒިޔާރަތްކޮށްލާ

މި އޮފާތަކުގެ އިތުރުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން އުރީދޫން އެންމެފަހުން ތައާރަފުކުރި އޮފާ އާއެކު ޕެރިހުގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗް ލައިވްކޮށް ބަލާލުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. ނަސީބުވެރި އެއް ފަރާތަކަށް ލިބޭ މި ފުރުސަތުގައި ސްޓޭޑިއަމްގެ ޓިކެޓުގެ އިތުރުން ދެ ރެޔާއި ތިން ދުވަހުގެ ފުލް ބޯޑް އެކޮމޮޑޭޝަނާ އެކު ޕެރިސް ދެކޮޅު ޓިކެޓް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ. އުރީދޫން ބުނެފައިވަނީ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް މިހާރު ގެންގުޅޭ 5ޖީ އެއާފައިބާ ޕްލޭން އަޕްގްރޭޑް ކޮށްލުމުން އޮޓޮމެޓިކުން ބައިވެރިވެވޭނެ ކަމަށެވެ. މި އަހަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި އަލަށް 5ޖީ އެއާފައިބާ ހިދުމަތް ނަގާ ކަސްޓަމަރުންނަށްވެސް އުރީދޫން ވަނީ މި ފުރުސަތު ހުޅުވާލާފަ އެވެ.

  • 5ޖީ އެއާފައިބާގެ ހިދުމަތް އެކްޓިވޭޓް ކުރުމަށް http://ore.do/getairfibre ޒިޔާރަތްކޮށްލާ
  • އުރީދޫ ފްލައި ޓު ޕެރިސް އޮފާ އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://ore.do/paris ޒިޔާރަތްކޮށްލާ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް