މިއަދު ފާހަގަކުރާ ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން އެމްޑަބްލިއުއެސްސީން ދަނީ ކޮވިޑް-19 އާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން ވައިރަހުން ރައްކާތެރިވުމަށް ފެން މުހިއްމުއިރު، ފެން އިސްރާފު ނުކުރުމަށް އެ ކުންފުނިން އެދެ އެވެ.
ކޮވިޑް-19 އިން ސަލާމަތްވުމަށް ސިއްހީ މާހިރުން ލަފާދެނީ ރައްކާތެރިކަމާއެކު އަތް ދޮވުމަށެވެ. މިގޮތުން، ތިރީގައިވާ ކަންތަކަށް ސަމާލުކަން ދިނުން މުހިއްމު ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
އެމްޑަބްލިއުއެސްސީން އިތުރަށް ބުނީ އެ ކުންފުނިން އުފައްދާ އިސްކުރު ފެނަކީ ސާފު ރައްކާތެރި ބޯފެނެއް ކަމަށާއި، އެ ފެން އުފައްދަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއް ގޮތަށް ކަމަށެވެ.
އަދި ފެނުގެ ކޮލިޓީ ޗެކް ކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ލެބޯޓަރީގައި ގަވާއިދުން ކުރާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;