ads
އީވާ
އީވާ އަދިވެސް ހުމާ، މިއަދުވެސް މަޖިލިސް ޖަލްސާ ކެންސަލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް އެޖެންޑާކުރުމަށް ފަހު، ޖަލްސާ ކެންސަލް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ މިއަދަށް އެޖެންޑާ ކުރިއިރު، އެ މައްސަލަ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން އެޖެންޑާ ކުރަމުން އައިނަމަވެސް އަދިވެސް ޖަލްސާ ބޭއްވޭ ގޮތެއް ނުވެއެވެ. މިއަދުވެސް މައްސަލަ އެޖެންޑާ ކުރުމަށް ފަހު، މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފައިވަނީ މަޖިލީހުގެ ނާއިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ، އެ ކަމަނާ މަޖިލީހަށް ސަލާމް ފޮނުއްވާފައިވާތީ އެވެ. މިދިޔަ ހަފްތާގެ ޖަލްސާތައްވެސް ކެންސަލް ކުރީ ހަމަ އެ ސަބަބާ ހުރެއެވެ.

ވެރިކަން ކުރާ އެމްޑީޕީއާ، ޑިމޮކްރެޓްސްގެ ކޯޅުމާހެދި ޖަލްސާތައް ކުރިއަށް ނުދާއިރު، މި މައްސަލަ މިހާރުވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން މާދަމާ އެ މައްސަލަ ބައްލަވަން ފަށާނެއެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނަޝީދު މަގާމުން ދުރުކުރަން ހުށަހެޅީ 48 މެމްބަރުންގެ ސޮޔާއެކު އެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅި މީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ގިނަ ދުވަސްތަކަކަށް ފަހު މައްސަލަ އަނބުރާ ނެގީއެވެ. މި ފަހަރު ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ ރައީސް ނަޝީދު މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތައް ބައްލަވައިގެންކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް