ads
ޝާހުރުކް ހާން އަދި ސަލްމާން ހާން
"ޕަތާންގެ" އެޑްވާންސް ބުކިން ރެކޯޑު ޓައިގާ 3 އިން މުގުރާލައިފި
ޝާހުރުކް ހާންގެ "ޕަތާންގެ" ޕްރީ ބުކިން ރެކޯޑު ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "ޓައިގާ 3" އިން ބޮކްސް އޮފީހުގައި މުގުރާލައިފިއެވެ.

ޕަތާންގެ އިތުރުން ސަނީ ޑިއޯލްގެ އެންމެ ފަހުގެ ފިލްމު "ގަދަރު 2" އާއި ޝާހުރުކް ހާންގެ "ޖަވާން" ގެ ޕްރީ ބުކުން ރެކޯޑުވެސް ޓައިގާ ތްރީ އިން މުގުރާލުމަށް ތައްޔާރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. 

މި ފިލްމުގެ ފޯރި އިންޑިއާގައި އެންމެ ގަދަވެފައިވަނީ މުމްބާއީ އާއި ހައިދަރުއާބާދުގައިއެވެ. 

"ޓައިގާ 3" ސިނަމާއަށް ރިލީޒް ކުރާނީ މި ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. 

ފިލްމު ރިލީޒްކުރުމުގެ ކުރިން ގިނަ ޝޯތަކެއް މިވަނީ މިހާރުވެސް ފުލްވެފައިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް