ads
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތުގައި އީވާ: އީވާގެ އުޒުރު ގަބޫލުނުކޮށް ޖަލްސާ ބާއްވައިދިނުމަށް މަޖިލިހުން ވަނީ އެދިފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
އީވާގެ އުޒުރު ގަބޫލުނުކޮށް ޖަލްސާ ބާއްވައިދިނުމަށް މަޖިލިހުން އެދިއްޖެ
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ ގަރާރާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހައްދަވާ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދެއްކެވި އުޒުރު ގަބޫލުނުކޮށް ޖަލްސާ ކުރިއަށް ގެންގޮސްދިނުމަށް މަޖިލީހުގެ އިދާރާއިން އެދިއްޖެ އެވެ.

މަޖިލީހުގެ އިދާރާއިން މިގޮތަށް އެދިފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

މަޖިލިހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އީވާ އުޒުރުވެރިވެވަޑައިގަންނަވާ ސަބަބު މަޖިލީހުގެ އިދާރާއިން ގަބޫލުނުކުރައްވާކަން ހާމަކުރައްވާ މަޖިލިހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މަޖިލިހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަން ޖެހޭ ގޮތަށް މާނަކޮށްދިނުމަށް ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެދިފައިވަނީ މަޖިލިހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކީ ތަފާތު ދެ ކަމެއް ކަމަށް މަޖިލީހުގެ އިދާރާއަށް ގަބޫލުކުރެވެނީ،" ޒިޔާއު ވިދާޅުވެފައިވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް