ads
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްްދީން ފޮޓޯ:
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
ގެދޮރުވެރިއާ ސްކީމިގެ ދަށުން މާލެ ސަރަހައްދުން ދޫކުރި ފްލެޓްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާހުށަހަޅަން މިއަދު ހައުސިން މިނިސްޓްރީން ހުޅުވައިލައިފިއެވެ.
Advertisement

މިއަދު ހައުސިން މިނިސްޓްރީގައި ފްލެޓް ލިސްޓުގައި ޕޮއިންޓު ދިން މީހުންނާއި ބައްދަލުކުރައްވައި، މީޑިއާތަކާ ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅިވީ ފްލެޓް ލިސްޓަށް ޕޮއިންޓު ދީފައިވާނީ ޕޯޓަލުގައި ފޯމު ހުށަހަޅާފައިވާގޮތަށް ބަލައިގެންކަމަށެވެ. 

"މިހާރު އާޅުގަނޑުމެން މި ހުޅުވާލަނީ ޝަކުވާ ހުށަހަޅަން،" އަކްރަމް ވިދާޅުވިއެވެ. 

މި މަހުގެ ނުވަ ވަނަ ދުވަހާއި ހަމައަށް ޝަކުވާ ހުށަހެޅޭނެއެވެ. ޝަކުވާ ހުށަހެޅޭނީ ގެދޮރުވެރިއާ ޕޯޓަލް މެދުވެރިކޮށެވެ. 

ހައުސިން މިނިސްޓްރީން ހޮނިހިރު ދުވަހު ކުރި އިއުލާނުގައި، ކޮންމެ އެޕްލިކެންޓަކަށް ލިބޭ މާކްސް ވަނީ އާންމުކޮށްފައެވެ. އަދި 4،000 މީހުން ކަނޑައަޅާނީ ގުރުއަތުން ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީން ގެޒެޓު ކުރި ލިސްޓާ އެކު، އެ އިއުލާނުގައި ބުނެފައިވަނީ ތިން ކޮޓަރީގެ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުން ކަމަށް އެ އިއުލާނުގައި ވެއެވެ.

4000 ފުލެޓް ގެ ތެރެއިން ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފުލެޓް ކަނޑައަޅުމަށްޓަކައި ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. 

މި ލިސްޓު އާންމުކޮށްފައި ވަނީ އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލަަ މިހާރު ވަނީ އޭސީސީގައި ރަޖިސްޓްރީ ވެސް ކޮށްފައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް