ads
އެމްޓީސީސީގެ ހެޑް އޮފީސް: ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 979 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައި - ފޮޓޯ:ރާއްޖެއެމްވީ
ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 979 މިލިއަން ރުފިޔާގެ އާމްދަނީއެއް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 979.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
Advertisement

އެމްޓީސީސީގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 34 އިންސައްތަ އިތުރުވެފަ އެވެ. ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 727.1 މިލިއަން ރުފިޔާ އެވެ.

އޮޕަރޭޓިން ޕްރޮފިޓް ނުވަތަ ހިންގުމުގެ ފައިދާގެ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 103.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު 96.9 މިލިއަން ރުފިޔާއަށްވުރެ ހަތް އިންސައްތައިގެ އިތުރުވުމެކެވެ.

ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ފައިދާއަށް ލިބިފައި ވަނީ 50.9 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ލިބުނީ 43.3 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީއަށް 45 މިލިއަން ރުފިޔާގެ ފައިދާއެއްވެފައިވާއިރު، ދެވަނަ ކުއާޓަރުގައި 41.2 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުންފުންޏަށް ވަނީ ވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް