ލުތުފީގެ ގެ މައްޗަށް އިއްވީ 25 އަހަރުގެ ޖަލުހުކުމެކެވެ.
މިމައްސަލާގައި އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް 2010 ވަނަ އަހަރު ބޭސްފަރުވާއަކަށް ދިޔަގޮތަށް ފިލައިގެން ސްރީލަންކާގައި އުޅެނިކޮށް ހައްޔަރުކޮށްގެން ރާއްޖެ ގެނައީ 2019 ވަނަ އަހަރު އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމްކަމަށް ގާނޫނުގައި ބުނަނީ 25 އަހަރުގެ ހުކުމެވެ.
ނޮވެމްބަރު ތިނެއްގެ މައްސަލާގައި ލުތުފީގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކޮށް މިހާރު ނިމިފައިވާއިރު އޭނާ މިހާރު ޖަލުގައި ހުރީ ފިލައިގެން އުޅުނު މައްސަލާގައި އިއްވި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށެވެ. އެ ހުކުމް ނިމުމުން އޭނާ ޖަލުން މިނިވަން ވާނެއެވެ.
19 ދިވެއްސަކު ޝަހީދުކޮށްލި ނޮވެމްބަރު ތިނެއްގެ ހަމަލާއާއި ގުޅިގެން ހުކުމްތައް ކުރެވުނު އެންމެންވެސް މިހާރު އެމައްސަލާގެ ހުކުމްތައް ތަންފީޒުކޮށްވަނީ ނިމިފައެވެ. މިވަގުތު ޖަލުގައި ހުރީ އަބްދުﷲ ލުތުފީ އެކަންޏެވެ.