ads
އެލްޖީއޭއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ހައްގުތައް ގެއްލޭ ގޮތަށް ފިޔަވަޅު ނޭޅުމަށް އެލްޖީއޭއިން ވަނީ ކައުންސިލުތަކަށް އަންގާފައި
ހައްގުތައް ގެއްލޭ ގޮތަށް ފިޔަވަޅު ނޭޅުމަށް އެލްޖީއޭއިން ކައުންސިލްތަކަށް އަންގައިފި
އެއްވެސް ރައްޔިތެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނެހެން ލޯކަލް ކައުންސިލްތަކުގެ ނިންމުންތައް ނިންމުމަށް ލޯކަލް ގަވަރުމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެލްޖީއޭއިން މިކަމަށް އިލްތިމާސްކޮށްފައި ވަނީ ވ. ފެލިދޫ ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެމީހުންގެ އާއިލާތަކަށް ކައުންސިލުން އެއްވެސް ހިދުމަތެއް ނުދިނުމަށް އެ ރަށު ކައުންސިލުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

ފެލިދޫ ކައުންސިލުން ނިމުނު ބުދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަމުގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ ފައިސާ ނުދައްކާ މީހުންނާއި، އެމީހުންގެ އަނބިން، ފިރިން އަދި ދަރިންނަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްވެސް ހިދުމަތެއް ނުދިނުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށްވެސް އިއުލާންގައިވެ އެެވެ.

ފެލިދޫ ކައުންސިލުން ބުނި ގޮތުގައި، ކުލި ނުލިބި ވަނީ، ރަށުގެ ދޯނި އެހެލާ ސަރަހައްދުތަކުން ދޫކޮށްފައިވާ ބައެއް ބިންތަކުންނެވެ. އެގޮތުން، ބައެއް މީހުން ކުލި ނުދައްކާތާ ތިން އަހަރު ވެފައިވާ ކަމަށް އެ ތަނުން ބުންޏެވެ.

ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންނަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގެ ފަހުން ފައިސާ ނުދައްކާ މީހުންގެ ލިސްޓް ކޮންމެ މަހަކު އާއްމުކުރުމަށް ވެސް ފެލިދޫ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ފެލިދޫ ކައުންސިލްގެ ނިންމުން މީޑިއާގައި ތިލަވުމައި ގުޅިގެން އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކިއެކި ފަރާތްތަކުން ކައުންސިލްތަކުން ލިބިގަންނަ ހިދުމަތްތަކާއި ގުޅިގެން ދައްކަންޖެހޭ ފައިސާ ގަވައިދުން ނުދެއްކުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. 

އެހެންނަމަވެސް ކައުންސިލްތަކުން ހަދާ ގަވައިދުތަކާއި ނިންމާ ނިންމުންތައް ނިންމަންވާނީ ގާނޫނުއަސާސީން އެއްވެސް ރައްޔިތަކަށް ލިބިދޭ އަސާސީ ހައްގަކަށް އުނިކަން ލިބިގެން ނުދާނޭހެން ކަމުގައި އެލްޖީއޭގެ ބަޔާނުނުގައި ބުނެފައިވެއެވެ. 

އަދި، މިފަދަ ނިންމުންތައް ނިންމުމުގެ ކުރިން ރައްޔިތުންގެ މަދަނީ ހައްގަކަށް އުނިކަން ނާންނަހެން ނިންމުންތައް ނިންމުމަށް ލޯކަލް ކައުންސިލްތަކަށް އެލްޖީއޭއިން ގޮވާލާފައިވެ އެވެ.

".. އެ ފަދަ މުއާމަލާތްތަކާ ނުގުޅޭ ފަރާތްތަކުގެ މަދަނީ ހައްގު ހިފެހެއްޓުމަކީ ކައުންސިލްތަކުން ކޮށްގެން ވާނެ ކަމެއް ނޫން." ހުރިހާ ކައުންސިލަކަށް އަމާޒުކޮށް އެލްޖީއޭ އިން ނެރެފައިވާ ބަޔާނުގައިވެ އެވެ. 

"ލޯކަލް ކައުންސިލްތަކުން ނިންމާ ނިންމުންތައް ނިންމުމުގައި އެއްވެސް ރައްޔިތެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނެހެން، ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެހެން ނިންމުންތައް ނިންމުންތައް ލޯކަލް ކައުންސިލްތަކަށް އިލްތިމާސްކުރަމެވެ. އަދި އެއްވެސް ރައްޔިތަކު އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ނިންމުމެއް ކައުންސިލަކުން ނިންމެވުމުގެ ކުރިން އެކަންކަމަށް ބޭނުންވާ މުނިސިޕަލް ގަވައިދުތައް ފާސްކޮށް ގެޒެޓްކުރުމަށް ކައުންސިލްތަކަށް އިލްތިމާސްކޮށް ފާސްކޮށް ގެޒެޓުކުރުމަށް ދަންނަވަމަވެ."
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް