
ނޮވާކް ޖޮކޮވިޗް
ޕެރިސް މާސްޓާސްގެ ފައިނަލްގައި ޖޮކޮވިޗް
ސްޕޯޓްސް ޓީމް
05 ނޮވެންބަރ 2023 - 21:03:53
ޕެރިސް މާސްޓާސްގެ ސެމީ ފައިނަލުގައި އަންދްރޭ ރޫބްލެވް ބަލިކޮށް، ފައިނަލުން، ނޮވާކް ޖޮކޮވިޗް ފުރުސަތު ހޯދައިފިއެވެ.
ދުނިޔޭގެ އެއްވަނައަށް ރޭންކްކޮށްފައިވާ ޖޮކޮވިޗް ސެމީ ފައިނަލުން މޮޅުވީ، 5-7 7-6 (7-3) 7-5 އިންނެވެ. ފައިނަލްގައި ޖޮކޮވިޗް ނުކުންނާނީ، ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވްއާ ދެކޮޅަށެވެ. ޑިމިޓްރޯވް ފައިނަލަށް ދިޔައީ، ހަތްވަނައަށް ސީޑްކޮށްފައިވާ ސްޓެފަނޯސް ސިސިޕާސް އަތުން މޮޅުވެގެންނެވެ.
ޕެރިސް މާސްޓާސްއަކީ ޖޮކޮވިޗްގެ ހަތް ވަނަ ފައިނަލް އަދި 40 ވަނަ މާސްޓާސް ޗެމްޕިއަންކަން ހޯދުމަށް ލިބޭ ފުރުސަތެވެ. އަނެއްކޮޅުން، ޑިމިޓްރޯވްގެ މިއީ، ދެވަނަ މާސްޓާސް ތަށި ހޯދުމުގެ ފުރުސަތެވެ. ފައިނަލް މެޗަށް އަންނައިރު ޕެރިސް މާސްޓާސްގެ ތާރީހު ބުރަވަނީ ޖޮކޮވިޗް ކޮޅަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް