ads
ނަތަންޔާހޫ(ވ) އަދި މިނިސްޓަރު އެލިޔާހޫ
ގައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލާނެކަމަށް ބުނުމުން ސައުދީ އިން ކުށްވެރިކޮށްފި
ގައްޒާއަށް ނިއުކްލިއާ "ބޮމެއް ވައްޓާލުމަކީވެސް އޮޕްޝަނެއް" ކަމަށް އިޒްރޭލުގެ ހެރިޓޭޖު މިނިސްޓަރު އަމިޗައި އެލިޔާހު ބުނުމުން އެކަން ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފި އެވެ.
Advertisement

އިޒްރޭލުގެ ހެރިޓޭޖު މިނިސްޓަރު އަމިޗައި ވަނީ "އިޒްރޭލުން ގައްޒާއާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އެެއްގޮތަކީ ގައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލުން" ކަމަށް ވިދާޅުވެފައެވެ.

އޭނާ ވަނީ ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި ދެކޮޅަށްވެސް ވާހަކަދައްކާފައެވެ. އެލިޔާހޫ ބުނީ ގައްޒާގައި ހަނގުރާމައިގައި ބައިވެރިނުވާ އާންމުންނެއް ނޫޅޭ ކަމަށެވެ.

އޭގެ އިތުރުން އޭނާ ވަނީ ފަަލަސްތީނުގެ އާބާދީ "ސަހަރާއަށް ބަދަލުވާން ނޫނީ އަޔަލެންޑްއަށް" ދެވިދާނެމަށް ބުނެފައެވެ.
ފަލަސްތީނުގެ ދިދަ ވިހުރުވާ އެއްވެސް މީހަކު ދުނިޔޭގައި ހުރެގެން ނުވާނެކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން ސައުދީ ފޮރިން މިނިސްޓްރީން ބުނީ  ނިއުކްލިއާ ހަތިޔާރާ ބެހޭ ގޮތުން އިސްރާއީލުގެ މިނިސްޓަރު ދެއްކެވި ވާހަކަފުޅުން "ހަރުކަށި ފިކުރާއި އަނިޔާވެރިކަން އިސްރާއީލުގެ ސަރުކާރަށް ވަދެފައިވާ މިންވަރު ދައްކުވައިދޭ"  ކަމަށެވެ.  "އިންސާނިއްޔަތާއި އަޚްލާގާއި ދީނާއި ގާނޫނުގެ ހުރިހާ އުސޫލުތަކަށް ފަރުވާކުޑަކުރުން" ކަމަށެވެ.

 އެހެން ބުނިތާ ގަޑިއެއްހާއިރު ފަހުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހެރިޓޭޖް މިނިސްޓަރު ސަރުކާރުގެ ބައްދަލުވުންތަކުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރައްވާފައި ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެ އެވެ.

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓަރު އަމީޗައި އެލިޔާހޫގެ ވާހަކަތަކަކީ ހަގީގަތްތަކެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް