ads
މެމްބަރު އިލިޔާސް ލަބީބް--
ނަޝީދުގެ މައްސަލައަށް ސޮއި ހޯދީ މެމްބަރުން ބްލެކްމެއިލް ކޮށްގެން: އިލިޔާސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ މަޖިލީހަށް ދެވަނަ ފަހަރަށް ވެއްދީ، އެމްޑީޕީ މެމްބަރުން ބްލެކްމައިލް ކޮށްގެން ކަމަށް އިލިޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

މިރޭ ”ސަންގު ޓީވީ“ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލިޔާސް ތުހުމަތު ކުރެއްވި ގޮތުން، ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން ހޯދި 49 ސޮޔަކީ އެމްޑީޕީ މެމްބަރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވައިގެން ހޯދި ސޮއިތަކެކެވެ.

ބައެއް މެމްބަރުން ނަޝީދުގެ އަރިހުގައިވެސް އެގޮތަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވާ އިލިޔާސް ވިދާޅުވީ، އެކަމުންވެސް މެމްބަރުންނަށް ބިރުދައްކައިގެން ކަންކަން ކުރަމުންދާކަން އެނގޭ ކަމަށެވެ.

އިލިޔާސް ވިދާޅުވީ އާރަށުގައި ބޭއްވި އެމްޑީޕީ ބައްދަލުވުމުގައިވެސް ބައެއް މެމްބަރުން އެ މައްސަލާގައި ސޮއިކޮށްފައިވަނީ، އެ ދުވަހުގެ ހާޒިރީ މާކު ކުރަން ދިން ޝީޓެއް ކަމަށް ބަލައިގެން ކަމަށް ބައެއް މެމްބަރުން ބުނާ ކަމަށެވެ. 

އަދި އަނެއްބައި މެމްބަރުން ސޮއިކުރީ، ކޯޓުތަކާއި، ފުލުހުންގެ އިދާރާގައި ހުރި މައްސަލަތައް މި ދައުރުގައި ނަގައިދޭނެ ކަމަށް ބުނުމުން ކަމަށް ވެސް އިލިޔާސް ވިދާޅުވި އެވެ. 

އޭގެ އިތުރުން ފްލެޓު ލިސްޓުގައި ހިމެނޭ އެ މެމްބަރުންގެ އާއިލާ އާއި، ގާތް ރަށްޓެހިންނަށް ފްލެޓު ލިބޭނީ އެ މައްސަލާގައި ސޮއިކުރުމުން ކަމަށްބުނެ ވެސް ބައެއް މެމްބަރުންނަށް ބިރުދައްކާފައިވާ ކަމަށް މެމްބަރުން ބުނާ ކަމަށް އިލިޔާސް ވިދާޅުވި އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް