
ޖޮކޮވިޗް
ޕެރިސް މާސްޓާސް ތަށި ޖޮކޮވިޗަށް
ސްޕޯޓްސް ޓީމް
06 ނޮވެންބަރ 2023 - 06:42:16
ޕެރިސް މާސްޓާސް ޗެމްޕިއަންކަން، ސާބިއާގެ ނޮވާކް ޖޮކޮވިޗް ހޯދައިފިއެވެ.
ނޮވާކް ޖޮކޮވިޗް ވަނީ އާދީއްތަ ދުވަހު، ދުނިޔޭގެ ތިންވަނައިގައި ސީޑް ކުރެވިފައިވާ ގްރިގޯ ޑިމިޓްރޯވް އަތުން 6-4 6-3 އިން މޮޅުވެފަ އެވެ.
މިއާއެކު، ހަތް ވަނަ ޕެރިސް މާސްޓާސް ތަށި އަދި ޖުމްލަ 40 ވަނަ މާސްޓާސް ތަށި ޖޮކޮވިޗަށް ކާމިޔާބުވީއެވެ.
ޕެރިސް މާސްޓާސް އަކީ އުމުރުން 36 އަހަރުގެ ޖޮކޮވިޗް 2023 ވަނަ އަހަރު ހޯދި ހަ ވަނަ ޗެމްޕިއަންކަމެވެ. އޭގެ ތެރޭގައި ތިން ގްރޭންޑް ސްލޭމްވެސް ހިމެނެއެވެ. މި ސީޒަންގައި ރަނގަޅު ފޯމެއްގައި ހުރި ޖޮކިވިޗް 33 މެޗުން މޮޅުވެފައިވާއިރު ބަލިވީ އެންމެ މެޗަކުންނެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް