ads
އެޓާނީ ޖެނެރަލްގެ ވަކީލު ފާތިމަތު ހަލީމް
ނަޝީދުގެ މައްސަލަ ނުނިމުނަސް މުއިއްޒު ހުވާކުރައްވަން ހުރަހެއް ނެތް: އޭޖީ
މަޖިލީހަށް އެމްޑީޕީން ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ނުނިމުނަސް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ހުރަހެއް އޮތްކަމަށް ގަބޫލު ނުކުރެވޭކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
Advertisement

އެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި މިހެން ބުނީ، މަޖިލިސް ހުއްޓިފައިވާ މައްސަލައިގައި އެމްޑީޕީން ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލިސް ތަންސީލުކޮށް މިއަދު ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަމުންނެވެ. 

އެޓާނީ ޖެނެރަލްގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި ވެސް ބަޔާން ކުރަނީ ވަކި ދެ ކަމެއް ނުކުރެވޭނެ ކަމަށެވެ. އެއީ މަޖިލީހަށް ހުށަހެޅިފައިވާ ކަމަކަށް ބަހުސް ކުރުމާއި ފާސްކުރަން އޮތް ކަމެއް ފާސްކުރުމަށެވެ.

އެ ކަންކަމުގެ ތެރޭގައި އިންތިހާބީ ރައީސް ހުވާ ކުރުމުގެ މަސައްކަތް ނުހިމެނެ އެވެ. 

"ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައި އެ ބުނާ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ މަސައްކަތެއް ނުހިމެނޭ، އަދި މިހާރު އޮތް ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހަމަވުމުން އާ ރައިސުލްޖުމްހޫރިއްޔާ ހުވާ ކުރަން އޮންނަ ދުވަހު ހުވާކުރައްވަން ޖެހޭ ކަމަށް ގާނޫނޫ އަސާސީގައި އޮވޭ،" -ފާތިމަތު ހަލީމް-

ގާނޫނު އަސާސީގައި ލާޒިމުކުރާ ވަކި ކަމެއް ނުކުރެވޭ ގޮތަށް ގަވައިދެއް ނުހެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން، އިންތިހާބީ ރައީސް މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަކީ ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާއެކެވެ. 

ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިހަމުގެ 17 ވަނަ ދުވަހުއެވެ. 

މިއަދުގެ ޝަރީއަތުގެ ފުރަތަމަ ބައި 11:50 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަެވެ. މިހާރު ކުރިއަށް ދަނީ 12:30 އިން 13:30 އަށް އަޑުއެހުންތަކެވެ. 13:30 އާއި ހަމައަށް ވެސް އަޑުއެހުން ނުނިމިއްޖެނަމަ މާދަމާވެސް އަޑުއެހުމެއް ބާއްވާނެއެވެ. 

މައްސަލައިގެ ރިޔާސަތު ބައްލަވަމުން ގެންދަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މަހާޒްގެ އިތުރުން މި މައްސަލަ ބައްލަވާނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް މަޖިލީހުގައި ނެތުމުން އެކަމަށް ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވެެރިކަން ކުރާ އެމްޑީޕީންނެވެ.

މި މައްސަލައަށް، ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސް އިން ވަނީ ތަދައްހުލްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް