ads
28 އަހަރު ދުވަހުގެ ހިދުމަތަށް ފަހު އަބްދުﷲ ޝަރީފް ވަނީ ކަސްޓަމްސްއިން ރިޓަޔާކުރައްވާފައި - ފޮޓޯ:ކަސްޓަމްސް
ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް، އަބްދުﷲ ޝަރީފް ރިޓަޔާކުރައްވައިފި
މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ކޮމިޝަނަރު ޖެނެރަލް، އަބްދުﷲ ޝަރީފް ރިޓަޔާކުރައްވައިފި އެވެ.
Advertisement

ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ކަމުގައި ހުންނެވި ޝަރީފް ކަސްޓަމްސްގެ ވަޒީފާއިން ރިޓަޔާކުރައްވާފައި ވަނީ 28 އަހަރު ދުވަހުގެ ހިދުމަތަށް ފަހުގަ އެވެ.

ކޮމިޝަނަރު ޖެނެރަލް ކަމުން ޝަރީފް ރިޓަޔާ ކުރެއްވުމާ ގުޅިގެން ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޝަރީފުގެ ބެއްލެވުމުގެ ދަށުން ކަސްޓަމްސްއަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށެވެ. އެގޮތުން ޝަރީފުގެ ބެއްލެވުމުގެ ދަށުން އެ ސާވިސްގެ ޕްރޮސީޖާތައް އޮޓޮމޭޓް ކުރެވި، ބޯޑަ ސެކިއުރިޓީ ވަރުގަދަކުރުމާ އެކު އެމްއެމްސީގައި އިންޓެގްރިޓީ ޗެމްޕިއަން ކުރުމަށް އިސްކޮށް މަސައްކަތް ކުރެއްވި ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

މީގެ ތިން އަހަރު ދުވަހުގެ ކުރިން ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލްގެ މަގާމަށް އައްޔަނުކުރި ޝަރީފަކީ އެ ސާވިސްގައި ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފާހަގަކުރެވިފައިވަނީ އެތަނުގައި މަސައްކަތް ކުރައްވަމުން ކުރި ހޯއްދަވަމުން އައިސް ކޮމިޝަނަރާ ހަމައަށް ވަޑައިގެންނެވި ފުރަތަމަ ކޮމިޝަނަރު ޖެނެރަލްގެ ގޮތުގަ އެވެ. ޝަރީފްގެ ކުރިން އެ މަގާމަށް މީހުން އައްޔަނުކުރަމުން އައިސްފައިވަނީ ސިޔާސީ ގޮތުންނެވެ.

ޝަރީފް މިއަދު ކަސްޓަމްސްއިން ރިޓަޔާ ކުރެއްވިއިރު ހިދުމަތުގެ އަގުވަޒަންކޮށް މި އަހަރު އޭނާއަށް ހަނދާނީ ލިޔުމެއް ވަނީ އަރުވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް