ads
އޮސްކާ ބްރޫޒޮން
މޯހަން ބަގާންއަކީ މުބާރާތުގެ ފޭވަރިޓުން
އޭއެފްސީ ކަޕްގައި އަމިއްލަ ދަނޑުގައި އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަކީ ގްރޫޕްގެ ފޭވަރިޓުން ކަމަށް ބަޝުންދަރާ ކިންގްސްގެ ހެޑް ކޯޗު އޮސްކާ ބްރޫޒޮން ބުނެފަ އެވެ.

އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއާ، އިންޑިޔާގެ މޯހަން ބަގާން ކުޅޭ މެޗު ފެށޭނީ މިރޭ ރާއްޖޭ ގަޑިން ހަތެއް ޖަހާއިރުއެވެ. މި މެޗު ކުޅޭނީ ބަންގްލަދޭޝްގެ ކިންގްސް އެރީނާ ސްޓޭޑިއަމްގައެވެ.

މި މެޗަށް ނުކުންނައިރު، ގްރޫޕް ޑީގައި ބަލިނުވެ އޮތް ހަމަ އެކަނި ޓީމަކީވެސް މޯހަން ބަގާންއެވެ. ބަލިނުވެ އޮތް މޯހަން ބަގާން ގްރޫޕް ޑީގެ އެއްވަނައިގައި އޮތީ، ތިން މެޗުން ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ބަންގްލަދޭޝްގެ ޗެމްޕިއަން ކިންގްސް ހަތަރު ޕޮއިންޓާއެކު އެވެ.

މި ފަހަރުގެ މުބާރާތުގައި މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުމަށް މިއަދު އޮންނައިރު މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ދެ ޓީމުގެ އެންމެ ފަހު މެޗު ނިމުނީ 2-2 އިންނެވެ. މި މެޗު ކުޅުނީ އިންޑިޔާގައެވެ.

އޮސްކާ ބުނީ، ފެވަރިޓުންނަކީ މޯހަން ބަގާން ކަމަށްވިޔަސް، ހައިރާންވާ ކަހަލަ ނަތީޖާއެއް ނެރެން އޭނާގެ ޓީމު އޮތީ ތައްޔާރަށް ކަމަށެވެ.

"ތަފާތު އޮތީ ބަޖެޓުން. އެއީ ދެކުނު އޭޝިއާގެ އެންމެ ވާދަވެރި ލީގު ކަމަށްވާ އިންޑިއަން ސުޕަ ލީގާއި އޭއެފްސީ ކަޕްގެ އެއްވަނައިގައި އެޓީމު. މިކަން އެނގިހުރެ މިތިބީ ކުރިއަށް ދާން، ހަގީގަތުގައިވެސް ފޯރިގަދަވެފައި އަދި ޕޮޒިޓިވް ނަތީޖާއެއް ގެނައުމަށް އއަހަރުމެން ހުރިހާ މަސައްކަތެއް ކުރާނަން"

ބަންގްލަދޭޝްގައި މޯހަން ބަގާންއާ ބަޝަންދުރާ ކިންގްސް މިއަދު ކުޅޭއިރު، މި ގްރޫޕުގައި ރާއްޖޭގެ މާޒިޔާއާ، އިންޑިޔާގެ އޮޑިޝާ ކުޅޭ މެޗު މިއަދު މެންދުރު ފަހު މާލޭގައި އޮންނާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް