އުފަން ދުވަސް ފާހަގަ ކުރިނަމަވެސް، ދަރިފުޅުގެ ސިފައެއް ހާމައެއް ނުކުރެވެ.
ނަމަވެސް އާލިއާވަނީ އުފަން ދުވަހުގެ ޕާޓީގެ ބައެއް ތަންތަންކޮޅު އޭނާގެ ސޯސަލްމީޑިއާއަށް ލާފައެވެ.
ރަހާ ކަޕޫރުގެ އުފަން ދުވަހަކީ ނޮވެންބަރު 6 ވަނަ ދުވަހެވެ.
ރަހާކަޕޫރުގެ އުފަންދުވަހުގެ ޕާޓީގައި އަންބާނީ އާއިލާގެ މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ.
ދަރިފުޅުގެ އުމުރުން ހަ މަސް ފުރުމުން ދަރިފުޅުގެ ސިފަ ހާމަކުރާނެކަމަށް އާލިއާ ބުނި ނަމަވެސް، އެއް އަހަރު ވީ އުފަން ދުވަހުގައިވެސް ދަރިފުޅުގެ ސިފަ އާންމުކޮށްފައެއް ނުވެއެވެ.