ads
މަޖިލީހުގެ އަމީންއާމު ފާތުމަތު ނިއުޝާ
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ވަނީ ހުށަހަޅާފައި: ނިއުޝާ
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މެންބަރަކު ވަނީ ހުށަހަޅާފައިވާކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތި ނިއުޝާ މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ނިއުޝާ ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު އެޖެންޑާކޮށްދެއްވުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް މިހާރު ދަންނަވާފައިވާނެކަމަށެވެ. 

ނައިޝާ މިއަދުވަނީ މަޖިލީހުގައި އުފެދިފައިވާ މައްސަލައަށް ހައްލެއް ގެނެވިދާނެކަމަށް މަޖިލީހުގެ އިދާރާއިން ދެކޭ ހަތަރު ގޮތެއް ސުޕްރީމް ކޯޓަށް ހުށަހަޅައިދެއްވައިފައެވެ. 

ނިއުޝާ ވިދާޅުވީ މަޖިލީހުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު އައްޔަނުކުރުމަކީ މަޖިލީހުގެ އިދާރާއަށް އޮތް "އޮތޯރިޓީއެއް" ނޫންކަމަށެވެ. 

ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅިފައިނުވާތީ އެ މައްސަލައަކީ މަޖީލުގެ ތެރެއިން ހައްލުކުރެވިދާނެ މައްސަލައެއްކަމުގައި އިދާރާއިން ދެކޭކަމަށެވެ. 

އެގޮތުން، މައްސަލަ ހައްލުކުރަމަށް ނިއުޝާ ވަނީ ހަތަރު ގޮތެއް ހުށަހަޅުއްވައިފައެވެ. 

1. މަޖިލީހުގެ އާންމު ކޮމެޓީގެ އަމިއްލަ އިސްނެންގެވުމުގެ މަތިން މަޖިލީހުގެ ގަވާއިދަށް ގެންނަން ބޭނުންވާ އިސްލާހެއް ގެންނަވާފަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވުން. 

2. މަޖިލީސް ހިންގުމުގެ އުސޫލު ބަދަލުކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުން 

3. މަޖިލީހުގެ ގަވާއިދަށް ގެންނަން ފެންނާނެ އިސްލާހެއް މައްސަލައެއްގޮތުގަ ހުށަހެޅުއްވުން 

4. މަޖިލީގުގަވާއިދުގެ 250 ވަނަ މައްދާގެ ދަށުން ނައިބު ރައީސް އަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް މަޖިލީހުގެ ތަޅުމުން ކަނޑައެޅުން 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް