ads
އިދާރީ މޭޒުގައި އަމީން އާއްމު ނިއުޝާ: އަމީން އާއްމުގެ ގަދަރުކުޑަކުރަން ޖާގަދީގެން ނުވާނެ ކަމަށް ނަޝީދު އަބަދުވެސް ވިދާޅުވޭ
ދިމާވެފައިވާ މައްސަލަ މަޖިލީހުގެ ނިޒާމުގެ ތެރެއިން މަޖިލީހަށް ހައްލުކުރެވޭނެ: އިދާރާ
މަޖިލީހުގެ ގަވާއިދު މާނަކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަަށް އެމްޑީޕީން މައްސަލަ ހުށަހަޅާފައިވަނިކޮށް އެ މައްސަލައަށް މަޖިލީހުގެ ތެރެއިން ހައްލު ގެނެވޭނެކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފިއެވެ.

މިކަން މަޖިލީހުގެ އިދާރާއިން ހާމަކުރީ މިއަދު ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަމުން އެ މަޖިލީހުގެ އިދާރީ އެންމެ އިސްވެރިއާ އަދި އަމީން އާންމު ފާތިމަތު ނިއުޝާއެވެ. 

ނިއުޝާ މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައިނުވާކަމަށެވެ. 

"އެ ހާލަތު އަދި އުފަން ނުވާތީ މިހާރު ދިމާވެދައިވާ މައްސަލައަކީ މަޖިލީހުގެ ނިޒާމުގެ ތެރެއިން ހައްލުކުރެވިދާނެ މައްސަލައެއް މަޖިލީހުގެ އިދާރާއިން ދެކެން،" ނިއުޝާ ވިދާޅުވިއެވެ.

 

މިގޮތުން މިއަދު ނިޝުޝާ ވަނީ އެ މައްސަލަ ހައްލުކުރެވިދާނެކަމަށް މަޖިލީހުގެ އިދާރާއަށް ފެންނަ 4 ހައްލެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ. 

1. މަޖިލީހުގެ އާންމު ކޮމެޓީގެ އަމިއްލަ އިސްނެންގެވުމުގެ މަތިން މަޖިލީހުގެ ގަވާއިދަށް ގެންނަން ބޭނުންވާ އިސްލާހެއް ގެންނަވާފަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވުން. 

2. މަޖިލީސް ހިންގުމުގެ އުސޫލު ބަދަލުކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުން 

3. މަޖިލީހުގެ ގަވާއިދަށް ގެންނަން ފެންނާނެ އިސްލާހެއް މައްސަލައެއްގޮތުގަ ހުށަހެޅުއްވުން 

4. މަޖިލީގުގަވާއިދުގެ 250 ވަނަ މައްދާގެ ދަށުން ނައިބު ރައީސް އަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް މަޖިލީހުގެ ތަޅުމުން ކަނޑައެޅުން 

މިހާރު ސްޕްރީމް ކޯޓުގައި ކުރިއަށް މިދާ މައްސަލައަކީ މަޖިލީހުގެ ގަވާއިދު މާނަކުރުމަށް އެދި ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް