ads
އާޒިމާ ޝަކޫރު މިއަދު ސުޕްރީމް ކޯޓުގައި
ސުޕްރީމް ކޯޓުގައި އޮތީ ސިޔާސީ ދެ ވެރިންގެ މެދުގައި ޖެހިގެން އުޅޭ މައްސަލައެއް: އާޒިމާ
މިއަދު ސުޕްރީމް ކޯޓުގައި އޮތީ ސިޔާސީ ދެ ވެރިންގެ މެދުގައި ޖެހިންގެން އުޅޭ މައްސަލައެއްގެ ސަބަބުން އުފެދުނު މައްސަލައެއް ކަމަށް ޕީއެންސީ/ޕީޕީއެމްގެ ފަރާތުން ސުޕްރީމްކޯޓުގައި ވާހަކަ ދައްކަވަމުން އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިއަދު ވިދާޅުވީ، މި މައްސަލައަކީ ސިޔާސީ ދެ ވެރިންގެ މެދުގައި ޖެހުނު މައްސަލައަކުން އުފެދުނު މައްސަލައެއް ނަމަވެސް، މަޖިލީހަށް ބަޖެޓު ހުށަހެޅިފައިނުވާތީ އެއީ ޕީޕީއެމް/ޕީއެންސީގެ ކަންބޮޑުވުމެއްކަމަށެވެ. 

އެ މައްސަލައަށް އެ ކޯލިޝަނުން ތައްދައްހުލް ވާން މިޖެހުނީ "ބަސްނުބުނެ ނުހުރޭވަރުވުމުން" ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. 

މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަން ފިނޭންސް މިނިސްޓަރު ވަޑައިނުގަތީ ބަންޑާރަ ނައިބު ލަފާދެއްވައިގެންތޯ ސުވާލު ކުރެވުނުނަމަވެސް އެ ސުވާލަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ޖަވާބު ނުދެވޭކަމަށް އާޒިމާ ވިދާޅުވިއެވެ. 

އާޒިމާ ވިދާޅުވީ ދައުލަތް ހުއްޓުމަކަށް އަދުވެދާނެފަ ހާލަތެއް މިއަދު މެދުވެރިވެފައިވާކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލުނުކުރެވި އަލުން ކޯޓުން ބޭރަށް ނުކުމެ "ޒުވާބު ކުރުމަށްފަހު" އަލުން ކޯޓަށްވަދެ މައްލަ ބަލާނެ ވަގުތެއް މިހާރު ނެތްކަމަށެވެ. 

އާޒިމާ ވިދާޅުވީ އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި ދައުލަތް ހުއްޓޭފަދަ ގޮތަކަށް މާނަކުރުމަށް މައްސަލަ ހުށަހަޅުއްވާފައިވާކަމަށެވެ. ނަމަވެސް ގާނޫނޫނު މަނަކުރަން ހުށަހަޅާއިރު، ދައުލަތް ހުއްޓޭގޮތައް މައްސަލައެއް ހުށަހަނޭޅޭނެކަމަށެވެ. 

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ މާނަކޮށްދިނުމަށާއި، މަޖިލީހުން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުބަލައި އިތުރު މައްސައްކަތެއް މަޖިލީހުގައި ނުކުރެވޭނެކަމަށް ކަނޑައަޅައި ދޭގޮތަށް މާނަކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލައިގައިވަނީ އެދިފައެވެ. 

މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ސުޕްރީމް ކޯޓުން ނިންމާލައިފައެވެ.  

އްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް މަޖިލީހުގައި ނެތުމުން އެކަމަށް ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ފަނޑިޔާރު ހުސްނުއް ސުއޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިލްޒާ ވިދާޅުވީ އެކަމަށް ހައްލަކީ މަޖިލީހުގެ ގަވާއިދު "އެމްންޑުކުރުން" ނުވަތަ ބަދަލުކުރުން ކަމަށެވެ.  

އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދިފައިވަނީ މަޖިލީހުގެ ގަވާއިދު މާނަކޮށްދިނުމަށެވެ. ސަބަބަކީ މަޖިލީހުގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދާއިރު ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައީސްއަށްކަމަށް ގަވާއިދުގައި ބުނެފައިވާތީ މަޖިލީހުގެ ޖަލްސާތައް ނުބޭއްވިގެންނެވެ. މަޖިލީހުގެ ޖަލްސާތަކަށް އީވާ ގެންދަވަނީ ޑެންގޫގެ އާލާސް ކަންފުޅާ އުޅުއްވާތީ ސަލާމް ވިދާޅުވަމުންނެވެ.  

މައްސަލައިގެ ރިޔާސަތު ބައްލަވަމުން ގެންދަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް މަޖިލީހުގައި ނެތުމުން އެކަމަށް ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވެެރިކަން ކުރާ އެމްޑީޕީންނެވެ.

މި މައްސަލައަށް، ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސް އިން ވަނީ ތަދައްހުލްވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް