ads
ސުޕްރީމް ކޯޓު
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

ދެ ދުވަހަކަށް ދެމިގެން ދިޔަ މި މައްސަލައިގެ އަޑުހުންތައް މިއަދު ނިމުނު އިރު ދެން އޮންނާނީ ހުކުމް ކުރުމެވެ.

ރައްޔިތުންގެ މަޖިލީހަކީ މައިގަނޑު ގޮތެއްގައި ސިޔާސީ މަސައްކަތްތައް ކުރާ ތަނަކަށް ވާތީ ސިޔާސީ ގޮތުން މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއަޅައި ހުއްޓުވުމަކީ މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިއަދުގެ އަޑު އެހުމުގައި ޑިމޮކްރެޓްސް އިންވަނީ ބުނެފައެވެ.

ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓިފައިވާ މައްސަލައަށް މަޖިލީހުގެ ނިޒާމުގެ ތެރެއިން ހަތަރު ހައްލެއް އެބަ އޮތް ކަމަށް މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ މިއަދު ސުޕްރީމް ކޯޓުގައި ވަނީ ވިދާޅުވެފަ އެވެ.

ނިއުޝާ ޕްރޮޕޯސް ކުރެއްވި ފުރަތަމަ ހައްލަކީ މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އިސް ނެގުމުގެ ދަށުން، ގަވާއިދު އިސްލާހުކޮށް އެކަމުގައި ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ.

ދެވަނަ ހައްލަކަށް އެ ކަމަނާ ހުށަހެޅުއްވީ، މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ގަރާރެއްގެ ސިފައިގައި މެމްބަރަކު ހުށަހެޅުއްވުމެވެ.

ތިން ވަނަ ހައްލަކަށް ނިއުޝާ ހުށަހެޅުއްވީ  މައްސަލައެއް ގޮތަށް ގަވާއިދު އިސްލާހު ކުރަން މެމްބަރަކު ހުށަހެޅުއްވުމެވެ.

ފަހު ހުށަހެޅުމަކީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއްގެ ރިޔާސަތުގެ މަޖިލީހުގެ ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާފައި ނުވާތީ، މިއީ ގަވާއިދުގެ 250 ވަނަ މާއްދާގެ ދަށުން ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ކަމަށް ބަލައި، މަޖިލީހުން ގޮތެއް ނިންމުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް