ads
ވޮލީ އެސޯސިއޭޝަންގެ ރައީސް
ވޮލީ އެސޯސިއޭޝަނުން އެންމެ ފަހުން އިންތިހާބަކަށްދަނީ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަސާސީ ގަވާއިދު އިސްލާހުކޮށް، އާ އިންތިހާބެއް ބޭއްވުމަށް، އެސޯސިއޭޝަންގެ ކޮންގްރެސްއިން ފާސްކޮށްފިއެވެ.
Advertisement

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަސާސީ ގަވާއިދު އިސްލާހުކޮށް، އާ އިންތިހާބެއް ބޭއްވުމަށް، އެސޯސިއޭޝަންގެ ކޮންގްރެސްއިން ފާސްކުރީ ހުކުރު ދުވަހު ބޭއްވި ވީއޭއެމުގެ އަހަރީ ކޮންގްރެސްގައެވެ.

ހުކުރު ދުވަހުގެ ރޭ ވޮލީގެ އަހަރީ ކޮންގްރެސް ބޭއްވިއިރު، އެ އެސޯސިއޭޝަނުން މިދިޔަ އަހަރުތަކުގައި ގަވާއިދާ އެއްގޮތަށް އަހަރީ ކޮންގްރެސް ބާއްވާފައި ނުވާތީ އަދި ލިޔެކިޔުން ހަމަނުވެގެން އެ އެސޯސިއޭޝަން އުވާލަންވެސް އިއުލާން ކުރިއެވެ. ބޮޑު މެދުކެނޑުމަކަށްފަހު މވީއޭއެމުގެ އަހަރީ ކޮންގްރެސް ބޭއްވިއިރު، މި ކޮންގްރެސްގައި ވަނީ އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ.

މި ކޮންގްރެސްގައި ވީއޭއެމުގެ އަސާސީ ގަވާއިދަށް ބަދަލުތައް ގެނައިރު، އެ އެސޯސިއޭޝަނުގެ އިންތިޚާބުގައި ވޯޓުލާ އުސޫލަށް ވަނީ ބަދަލެއް ގެނެސްފައެވެ. ދެން ގެނައި އަނެއް ބަދަލަކީ ވީއޭއެމުގެ ފުރިހަމަ މެންބަރު ކުލަބުތައް ކަނޑައަޅާ އުސޫލަށް ގެނައި ބަދަލެވެ.

ވީއޭއެމުގެ އަސާސީ ގަވާއިދަށް ގެނައި މި އިސްލާހުތަކާއެކު، ކޮންގްރެސް ބާއްވާތާ 10 ދުވަހުގެ ތެރޭގައި ވީއޭއެމުގެ އައު އިންތިހާބެއް ބޭއްވުމަށްވެސް ވަނީ ފާސްކޮށްފައެވެ. އެހެންކަމުން މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ވީއޭއެމުގެ އާ އިންތިހާބެއް ބާއްވަން ޖެހޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް