ads
ޑރ. ޝަހީމް
ޑރ.ޝަހީމްގެ "އިސްލާމީ ނަޒަރަކުން" ނެރެފި
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ފޮތް އިސްލާމީ ނަޒަރަކުން މިފޮތް ހޯމަ ދުވަހުގެ ރޭ ނެރެފިއެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޮތް ނެރުއްވައި ދެއްވުމަށްފަހު ވިދާޅުވީ މި ފޮތަކީ މީގެ ފަސް އަހަރު ކުރިން ރާއްޖެއިން ބޭރުގައި ހުންނެވިއިރު ދިމާވެލެއްވި ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ އޭރު ލިޔުއްވި މަޒުމޫނުތައް އެއްކުރައްވައި ލިއުއްވާފައިވާ ފޮތެއް ކަމަށެވެ. 

މި ފޮތަކީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)އިން އިސްނަގައިގެން ލިޔުނު ފޮތެކެވެ. 

މިފޮތުގެ މުސައްނިފަކީވެސް ޑރ. ޝަހީމް އެވެ.

"މިފޮތަކީ އިސްލާމީ ނަޒަރަކުން އަދުގެ މުޖުތަމަޢުގައި ހުރި އެކިކަންކަމަށް އަލިއަޅުއްވާލާ. ޢިލްމީ މައުލޫމާތުތައް ހިމެނޭހެން ލިޔެފައިވާ ފޮތެއް،" ޝަހީމް ވިދާޅުވިއެވެ. 

ޝަަހީމް ވިދާޅުވީ އެނާއަކީ އަބަދުވެސް ފޮތް ލިޔުއްވުމަށް ޝައުގުވެރިކަން ހުންނަވާ ބޭފުޅެއްކަމަށެވެ.

"މީގައި ހުންނާނެ ދައުލަތުގެ މުއައްސަސާތައް އުފައްދާ ހިންގާނެ ގޮތާއި، އިސްލާމިކް ޔުނިވަރސިޓީއާއި މިފަދަ އެކި ތަންތަން ހިންގާނެ ގޮތް. އަދި އިސްލާމް ދީނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރާ ތުހުމަތުތަކުން އަރައިގަތުމަށް ދީނީ ނަޒަރަކުން ކުރެވޭނެ މަސައްކަތްވެސް ހުންނާނެ ހިމަނާފަ،" ޑރ.ޝަހީމް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ޝަހީމް ވަނީ އައު ސަރުކާރުގެ އިސް މަޤާމަކަށް ވަޑައިގަންނަވާނެތީ، އައިއޯސީސީގެ ރައީސްކަމުން އިސްތިއުފާދެއްވާފައިވާކަންވެސް އިއުލާންކުރައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް