ads
ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަނީ - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ބާކީހުރި ރަޖިސްޓްރީތައް ހޮނިހިރު ދުވަހުގެ ކުރިން ދޭނަން: ހައުސިން މިނިސްޓްރީ
މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ރަޖިސްޓްރީތަކުގެ ތެރެއިން މިހާތަނަށް ދޫނުކުރެވި ހުރި ރަޖިސްޓްރީތައް އަންނަ ހޮނިހިރު ދުވަހުގެ ކުރިން ދޫކޮށް ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ބިންވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ ދަށުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލުމާ ގުޅިގެން 20،000 އެއްހާ މީހުން އެކަމަށް އެދި ކުރިމަތިލި އެވެ. މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެކަމާ ގުޅުންހުރި އެއްބަސްވުންތަކުގައި އަންނަނީ ސޮއިކުރަމުންނެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވަނީ ގޯތި ލިބުނު މީހުންގެ ތެރެއިން ގިނަ މީހުންނަށް މިހާރު ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށެވެ. މިހާތަނަށް ރަޖިސްޓްރީ ހަވާލުނުކުރެވި ހުރީ ގުޅިފަޅުގެ ގޯތީގެ ރަޖިސްޓްރީތައް ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވެފައިވާ ގޮތުގައި ގޯތީގެ ރަޖިސްޓްރީ އާ ހަވާލުވުމަށް ނާންގާ 1،500 އެއްހާ މީހުން ތިބިއިރު، ކުރިއަށް އޮތް ދެ ދުވަހަކުން އެ މަސައްކަތްކޮށް ނިންމާނެ ކަމުގަ އެވެ. މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ބަލާ ނާންނަ މީހުންގެ ރަޖިސްޓްރީ އާއެކު ޕޯޓަލްއަށް ރަޖިސްޓްރީތައް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މާލެ ސަރަހައްދުން 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ގުޅިފަޅުން 2،218 ގޯއްޗާއި ހުޅުމާލޭން 1،351 ގޯތީގެ އިތުރުން ގިރާވަރުފަޅުން 5،432 ގޯއްޗެވެ.

ބިންވެރިޔާ ސްކީމުގެ ދެ ވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 24 ވަނަ ދުވަހަށް ހަމަވިއިރު، ގޯއްޗަށް އެދި 19،347 ފޯމު ވަނީ ހުށަހަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް