ads
ބަޝަންދުރާ ކިންގްސްގެ ކެޕްޓަން ރޮބްސަން
އޭއެފްސީ ކަޕް: މޯހަން ބަގާން ބަލިކޮށް ބަޝަންދުރާ އެއްވަނައަށް
އޭއެފްސީ ކަޕް ގްރޫޕް ޑީގައި، އިންޑިޔާގެ ގަދަ ބާރު، ބަޝަންދުރާ ކިންގްސް ބަލިކޮށް، ގްރޫޕްގެ އެއްވަނައަށް ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސް އަރައިފިއެވެ.

ބަޝަންދުރާ ކިންގްސްއާ މޯހަން ބަގާން، މިރޭ ބަންގްލަދޭޝްގައި ކުޅުނު މެޗުން ބަޝަންދުރާ ކިންގްސް މޮޅުވީ، ފަހަތުން އަރައި ދެ ލަނޑު އެއް ލަނޑުންނެވެ. މެޗުގައި މޯހަން ބަގާން އިން މެޗުގެ 17 ވަނަ މިނިޓްގައި ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް، ބަޝަންދުރާ ކިންގްސް އިން އެއްވަރު ކުރީ، ފުރަތަމަ ހާފުގެ ފަހުކޮޅުއެވެ. 

މި ދެ ޓީމު، އިންޑީޔާގައި ކުޅުނު ފޯރިގަދަ މެޗު ނިމިފައިވަނީ ދެ ޓީމު ދެ ލަނޑު ދެ ލަނޑުން އެއްވަރު ވެގެންނެވެ. އެހެންކަމުން މިރޭގެ މެޗަށް ނުކުތްއިރުވެސް މި މެޗުގެ ފޯރި ގަދަވާނެ ކަމަށް އޮތީ ކުރިންވެސް ބެލެވިފައެވެ. ފޯރި ގަދަވާނެ ކަމަށް ބެލެވުނު މެޗުގައި ބަޝަންދުރާ ކިންގްސް މޮޅުވި ލަނޑޫ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 ވަރަކަށް މިނިޓަށްވެފައި އޮއްވާ ޖެހީ ބަޝަންދުރާ ކިންގްސްގެ ކެޕްޓަން، ބްރެޒިލްގެ ރޮބްސަންއެވެ. 

މި މެޗުން ބަޝަންދުރާ ކިންގްސް މޮޅުވުމާއެކު، ގްރޫޕުގެ އެއްވަނަ އަށް އެ ޓީމުވަނީ އަރާފައެވެ. އެއީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށްފައިވާ މޯހަން ބަގާން އޮތީ ލަނޑުގެ ތަފާތުން ދެވަނައިގައެވެ. ތިންވަނައިގައި މިއަދު މާޒީޔާ ބަލިކުރި އޮޑިޝާ އޮތް އިރު މާޒިޔާ އޮތީ ފުލުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް