އަސްލު ފޮޓޯއިން ފެންނަނީ ބޮލީވުޑް ތަރި ތުވާލި އަޅައިގެން ހޮލީވުޑްގެ ސްޓަންޓް ވުމެންއަކާ ކުރިމަތިލާތަނެވެ.
ނަމަވެސް މިހާރު ވައިރަލްވެފައިވާ އެޑިޓް ވާޝަންގައި ކެޓްރީނާ ފެނިގެން ދިޔައީ ތުވާލިގެ ބަދަލުގައި ލޯ ކަޓް ހުދު ޓޮޕަކާއި މެޗިން ބޮޓޮމް އެއް ލައިގެން ހުރިތަނެވެ.
މި ވީޑިއޯ އާއި ތަސްވީރުތަކަކީ މީހުން މޫނު ބަދަލުކުރުމުގެ ގާބިލްކަން ހުންނަ އޭއައި ޓޫލެއް ބޭނުންކޮށްގެން އުފައްދާ ތަސްވީރުތަކެކެވެ.
ސޯޝަލް މީޑިއާގައި ކެޓްރީނާ ކައިފްގެ ޑީޕްފޭކް ތަސްވީރަށް ބައެއް މީހުން ވަނީ ވަރަށް ބޮޑަށް ރިއެކްޓްކޮށްފަ އެވެ.
މި މައްސަލައިގައި އިންޑިއާގައި ގިނަބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް، މިފަދަ ފޮޓޯއާއި ވީޑިއޯ އުފައްދާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވައިލަމުންނެވެ.