ޖާންވީ އަކީ ގިނަބަޔަކަށް އެންމެ ރީތި އަދި އެންމެ ލޯބިވާ އެއް ސްޓާ ކިޑް އެވެ. އެންމެންގެ ލޯ އަމާޒުވެފައިވަނ ވަނީ އޭނާގެ ކުރިއަށް އޮތް އާ ފިލްމުތަކާއި، އޭނާގެ ސްޓައިލް ސްޓޭޓްމަންޓްތަކާއި އަދި ހަމަގައިމުވެސް އޭނާގެ އަމިއްލަ ދިރިއުޅުމަށެވެ.
ހާއްސަކޮށް ޖާންވީ ކަޕޫރުގެ ފޭނުން ބޭނުންވަނީ އޭނާ އެއްވެސް މީހަކާ ރައްޓެހިވެގެން އުޅޭކަން އަދި އޭނާ ރައްޓެހިވަނީ ކާކާއިކަން އެނގޭށެވެ. މިލީގެ ބަތަލު ޝިކާރު ޕަހާރިޔާއާ ގުޅުން އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އަދި އެމީހުން ނޭނގި ނަމަވެސް އެމީހުންގެ ގުޅުމުގެ ހާލަތު އޮންލައިންކޮށް ބަނީ ކަށަވަރުކޮށްދެވިފައެވެ.
ގިނަ ފަހަރަށް ޕާޓީތަކާއި އިވެންޓްތަކުގައި ޖާންވީ ކަޕޫރާ އެކު ޝިކާރު ޕަހާރިޔާ ވެސް ބައިވެރިވެއެވެ. ޕްރީ ހެލޯވީން ނުވަތަ ދިވާލީ ޕާޓީތަކުގައި ވިޔަސް ޖާންވީ އާއި ޝިކާރު ގިނައިން ފެންނަނީ އެމީހުންގެ އާންމު ރައްޓެހިންނާ އެކު ޕާޓީ ކުރާތަނެވެ.
އޮރްހާން އަވަތުރަމާނީ ވަނީ އެމީހުންގެ އެއް ޕާޓީގެ ވީޑިއޯއެއް ދޫކޮށްލާފައި ޕޯސްޓްގެ ދަށުން ކޮމެންޓް ސެކްޝަންގައި ޖާންވީ އާއި ޝިކާރުގެ ކޮމެންޓުތަކަށް ގިނަބައެއްގެ ޝައުގުވެރިކަން އުފުދުނެވެ. ޖާންވީއަށް އޭނާގެ އަޑު ފެތުރިފައިވާ ލޯބިވެރިއާ ޝިކާރާ ވަނީ އެމީހުންގެ ލޯބީގެ ވާހަކަތައް ނޭގި ނަމަވެސް ކޮމެންޓުތަކުގައި ދައްކާފައެވެ. ޖާވްނީ ވަނީ ހިތަކާއި ލޮލުގެ އިމޯޓިކޯނަކުން އެއް ފޮނުވާފައެވެ. އަދި ޝިކާރު ވަނީ ބޮޑީބިލްޑަރު އިމޯޓިކަން އާއި ކައުބޯއީ އިމޯޓިކޯން ވެސް ރިޕްލައިގެ ގޮތުގައި ކޮށްފައެވެ. އަދި "އައި އެމް އޯލް ޔުއާސް" އޭ ވެސް އޭނާ ވަނީ ބުނެފައެވެ.
މިހާރު ޖާންވީ އާއި ޝިކާރުގެ ގުޅުން ކަށަވަރުކޮށްދިން ކުރީގެ ކޮމެންޓްތައް ދެ މީހުން ވަނީ ޑިލީޓްކޮށްފައެވެ.