
ގަރާރުގެ މަސައްކަތްތައް ކުރިއަށް ނުދަނީ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް އެމްޑީޕީން ހުށަހެޅު އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގައި މަޖިލީހުގައި އުފެދިފައިވާ މައްސަލައިގެ ތެރެއިން މަޖިލީހުގެ ތަޅުމުގެ މަސައްކަތްތައް ހުއްޓިފައިވާތީއެވެ.
ސައުދު މިއަދު ވިދާޅުވީ އޭނާ ހުށަހެޅުއްވި ގަރާރު ކުރިއަށް ނުގެންދެވިވަނީ މަޖިލިސްގެ ގަވާއިދު ''ހިތުހުރިގޮތަކަށް މާނަކޮށް މަޖިލިސް ހުއްޓާފައި އޮތުމުމުގެ ސަބަބުން'' ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސްއިން ބަހުސްކޮށް ފާސްކުރަންޖެހޭ، ޤަރާރުގެ މަސައްކަތް ވެސް އޮތީ ހުއްޓިފައިކަމަށް ސައުދު ވިދާޅުވެފަވެއެވެ.
''މިއީ ނުހަނު ކަންބޮޑުވާކަމެއް، ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ އެތައް މަސައްކަތެއް މިވަނީ ހުއްޓުމަކަށް އައިސްފައި، މަޖިލިސް ގަވާއިދުގައި މަޖިލިސް ހުއްޓުވާފައި ބޭއްވޭނެ ގޮތެއް ވެސް ނެތް، މަޖިލިސް ކުރިއަށް ގެންދެވޭނެ'' - ސައުދު -
އިޒްރޭލާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހަށް ފޮނުއްވި ގަރާރުގައި ވަނީ އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އިޒްރޭލުގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމުގެ އިތުރުން އިޒްރޭލާއި ރާއްޖެ އާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށެވެ.
އިޒްރޭލުން ހިފަމުންގެންދާ ފަލަސްތީނުގެ ހުރިހާ ބިންތަކަކުން އެ މީހުން ފައިބައި، މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރެވެން ދެން އެ ފިޔަވަޅުތައް ދެމެހެއްޓުމަށް ސައުދުގެ ގަރާރުގައި ވަނީ ގޮވާލާފައެވެ.
ދިވެހީން ތިބީ ފަލަސްތީނާ އެކުގައި ހާމަކޮށް، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ފަލަސްތީނު ރައްޔިތުންނަށް އޮތް ލޯބި ހާމަކުރުމުގެ ގޮތުން އިއްޔެ މުޅި ރާއްޖޭގައި ހިނގާލުމެއް ވަނީ ބާއްވާފައެވެ.