ads
މީރާ އޮފީސް
މީރާއާ ގުޅިގެން ޒަކާތު ހައުސްގެ ހިދުމަތްތައް ފުޅާކުރަނީ
މީރާއާ ގުޅިގެން ޒަކާތު ހައުސްގެ ހިދުމަތްތައް ފުޅާކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
Advertisement

އަންނަ ހަފުތާ ތެރޭގައި މި ނިޒާމު ތައާރަފުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވިއެވެ.

މި ނިޒާމުގެ ދަށުން ސަދަގާތާއި، މިސްކިތް އެޅުމާއި، ގުރުއާން މަރުކަޒުތައް ގާއިމުކުރުމަށް ދޭ ފައިސާ ޒަކާތު ހައުސްއަށް ޖަމާކުރެވޭނެއެވެ. މިކަމާ ގުޅޭގޮތުން މީރާގެ ޑިރެކްޓަރ ޖެނެރަލް ހަސަން ޒަރީރު ބައިވެރިވެލައްވައިގެން މަޝްވަރާ ބައްދަލުވުމެއް ބޭއްވުނެވެ.

ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ، ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ނިޒާމެއް އުފެއްދުމަކީ މި މަޝްރޫއުގެ މައިގަނޑު އަމާޒެވެ. މިހާރުވެސް ގިނަ ރަށްރަށުގައި މިސްކިތްތަކާއި ގުރުއާން ކްލާސްތަކަށް އެކި ވަސީލަތްތައް ބޭނުންވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޒަކާތު ހައުސް ތަރައްގީކުރުމުގައި ކުވައިތު ޒަކާތު ހައުސް ނަމޫނާއަކަށް ބަލާ ކަމަށާއި، ކުރިއާ އަޅާބަލާއިރު ޒަކާތުގެ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށް މިނިސްޓަރު ބުންޏެވެ. މި އިދާރާ އުފެދުނީ 2023 ވަނަ އަހަރުގެ ޑިސެންބަރު 18 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް