މިދިޔަ ފަސް އަހަރުގެ ފެނަކައިގެ ކުރު ހުލާސާއެއް ދިނުމަށް މިއަދު ފެނަކަ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ކޮރަޕްޝަނާ ގުޅޭގޮތުން އެ ކުންފުންޏާ މެދު ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއް މި ދައުރުގައި މިއަދާ ހަމައަށް ސާބިތު ކުރެވި، ޝަރީއަތަކަށް ފޮނުވިފައި ނުވާ ކަމަށެވެ.
"އެތައް މައްސަލަތަކެއް، ގާތްގަނޑަކަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 70 އިންސައްތަ ބަލައި ނިމުނުއިރުގައިވެސް ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް އަމަލެއްކޮށް، މިއަދާ ހަމައަށް ސާބިތުކުރެވިފައެއް ނެތް،" - ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު
ތަފްސީލު އަންނަނީ...