ads
ރައީސް ނަޝީދު އަދި ރޮޒައިނާ
ޖީސީސީގައި ބައިވެރިވެ ވަޑައިގަންނަވަން ރައީސް ނަޝީދު ވަޑައިގަތީ ވޯޓަށް ފިލަން: ރޮޒައިނާ
ލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސް (ޖީސީސީ) ގައި ބައިވެރިވެ ވަޑައިގަންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގާރަ ދުވަހު ދުބާއީއަށް ވަޑައިގަތީ މަޖިލީހަށް ހުށަހެޅިފައިވާ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ ވޯޓަށް ފިއްލަވަންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ރޮޒައިނާ ވިދާޅުވީ އެ ކޮންފަރެންސްގައި ރައީސް ނަޝީދަށް ތަގުރީރު ކުރަން އެންމެ ފެރުސަތު ފުރުސަތު ލިބޭ ލިސްޓުގައި ރައީސް ނަޝީދު ހިމެނި ވަޑައިނުގަންވާކަމަށެވެ.  

ރައީސް ނަޝީދު އެ ކޮންފަރެންސްގައި ތަގުރީރު ކުރައްވަން ހަމެޖިފައި އޮތީ 46 ވަނައަކަށް ކަަށް ރޮޒައިނާ މިއަދު ޝެއާކުރެއްވި ލިންކެއްގައި ބުނެފައިވެއެވެ. ކޮންފަރެންސް ފަށާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. 

"އަޅުގަނޑުމެންނަށް ޔަގީން އެބަކުރެވޭ ގަބޫލުކުރެވޭ ރައީސް ނަޝީދު އަމިއްލަފުޅަށް ތަގުރީރުކުރައްވަން ނަންދެއްވާފައިވާކަން. ފުރަތަމަ ލިސްޓުގައި އެމަނިކުފާނުގެ ނަމެއް ނެތް. އަނެއްކާވެސް ލަސްކުރުމުގެ އުކުޅެއް - އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓުން ސަލާމަތްވުމަށް ފިލައިގެން ދިއުން! މިފަދަ ޑިމޮކްރެޓިކް ނޫން މީހަކު މުޅި ކޮންފަރެންސް އަށް ލަދުވެތިކަން ގެނެސްދޭނެ،" ރޮޒައިނާ އެކްސްގައި ވިދާޅުވިއެވެ.

ޖީސީސީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން "ގްލޯބަލް ސިޓިޒަންޝިޕް" ޕްރޮމޯޓް ކުރަން ބާއްވާ އިވެންޓެކެވެ. އެއީ ފިކުރީ ލީޑަރުންނާއި، ސަރުކާރުގެ ނިންމުންތައް ނިންމާ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި، ޢިލްމުވެރިންނާއި، ޒުވާނުން އެއްތަނަކަށް އެއްވެ، އިންސާފުވެރި، ހަމަހަމަ، އަދި ދެމެހެއްޓެނިވި ދުނިޔެއެއް އުފައްދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކޮށް ހިޔާލުތައް ހިއްސާކުރާ ފޯރަމެކެވެ. 

އާންމުކޮށް އަހަރަކު އެއްފަހަރު ޖީސީސީ ބާއްވާއިރު، ކޮންމެ އަހަރަކު ވެސް ކޮންފަރެންސްގައި ތަފާތު ތީމަކަށް ސަމާލުކަން ދެ އެވެ. މި އަހަރުގެ ޖީސީސީގައި ބޮޑަށް އަލިއަޅުވާލާނީ "ގްލޯބަލް ސިޓިޒަންޝިޕްގެ މުސްތަގުބަލު" ގެ މައްޗަށެވެ. މި ކޮންފަރެންސްގައި ޓެކްނޮލޮޖީގެ ސަބަބުން ދުނިޔޭގެ ރައްޔިތުންނަށް ކުރާ އަސަރާއި، ދުނިޔޭގެ ރައްޔިތުކަން ކުރިއެރުވުމުގައި ވިޔަފާރިތަކުގެ ދައުރާއި، ދުނިޔޭގެ ރައްޔިތުން ތަރައްގީކުރުމުގައި ތައުލީމުގެ މުހިންމުކަން ފަދަ މައުލޫއުތައް ދިރާސާ ކުރާނެއެވެ.

ޖީސީސީ އަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ އިވެންޓެކެވެ. 100 އަށް ވުރެ ގިނަ ގައުމުން ބައިވެރިން ބައިވެއެވެ. އަދި މި ކޮންފަރެންސް އަކީ ވަރަށް ތަފާތު ކޮންފަރެންސެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް