ads
މާޒިޔާގެ ކޯޗު މިލޯ
މާޒިޔާ ކޯޗު އިސްތިއުފާ ދޭން ޖެހޭތަ؟
އޭއެފްސީ ކަޕްގައި ނަތީޖާ ނުނެރެވުނަސް އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލް ނުކުރާ ކަމަށް، ޖެހިޖެހިގެން ތިން ވަނަ މެޗުން ބަލިވި ނަމަވެސް އިސްތިއުފާ ދޭން ނުޖެހޭ ކަމަށް މާޒިޔާގެ ކޯޗު، މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

މާޒިޔާގެ މެނޭޖްމަންޓަކީ ވޭތިވެދިޔަ އަހަރުތަކުގައި އެންމެ ރަނގަޅު މެނޭޖްމެންޓެވެ. މާޒިޔާގެ މެނޭޖްމެންޓުން، ރާއްޖޭގެ އެންމެ މޮޅެތި ހުރިހާ ކުޅުންތެރިންހެން އެ ކްލަބަށް ހޯދައިދީ، އަދި ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންވެސް ޓީމުގައި ހިމަނައިދިން ނަމަވެސް ނަތީޖާ ނުނެރޭވީ، މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ނުދެކެންތޯ ސީއެންއެމުން ސުވާލު ކުރުމުން މިލޯ ބުނީ، ބަލިވުމުގެ ޒިންމާ އޭނާ ނަގާކަމަށާއި، އެކަމަކު މެޗުން ބަލިވީ އޭނާގެ ސަބަބުން ކަމަށް ގަބޫލުނުކުރާކަމަށެވެ.

މިއަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެންމެ ފަހުން ކުޅުނު ތިން މެޗުންވަނީ ބަލިވެފައެވެ. އަދި މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތު މާޒިޔާއަށް މިހާރުވަނީ ހަނިވެފައެވެ. މާޒިޔާ އޮތީވެސް ޓޭބަލްގެ އެންމެ ފުލުގައެވެ.

ޖެހިޖެހިގެން ތިން މެޗުން ބަލިވުމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލް ކުރަންތޯ ސީއެންއެމުން ސުވާލު ކުރުމުން ކޯޗު ބުނީ އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ.

"އިސްތިއުފާ ދޭން ޖެހޭ ކަމަށް އަހަރެން ގަބޫލުނުކުރަން. ބަލިވީ ކޯޗުގެ މައްސަލައަކުންކަމަށް ނުދެކެން". މިލޯ

އޭއެފްސީ ކަޕްގައި ދެން މާޒިޔާ ކުޅެން ޖެހޭ މެޗުގައި ނުކުންނާނީ ރަށުން ބޭރުގައި ބަޝަންދުރާ ކިންގްސްއާ ދެކޮޅަށެވެ. އޭގެ ފަހުން މާލޭގައި މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗަކީ ގްރޫޕް ސްޓޭޖުގެ ފަހު މެޗެވެ. މުބާރާތުގެ އަނެއް ބުރުގެ އުއްމީދެއް މާޒިޔާއަށް އޮތީ މި ދެ މެޗުން މޮޅުވެގެންނެވެ. މި ދެ މެޗުން މޮޅުވެގެންވެސް އަނެއް ބުރަށް ދިޔުމުގެ އަމިއްލަ ބާރެއް މާޒިޔާއަކަށް ނެތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް