ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ގަތަރުގެ ދުހެއިލް އަށް ލީޑު ނަގައިދީފައި ވަނިކޮށް ޓަލިސްކާ ވަނީ ދެ ގޯލު ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަސްރަށް ލީޑު ހޯދައިދީފަ އެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ތިންވަނަ ލަނޑެއް ޖަހައި ޓަލިސްކާ ހެޓްރިކެއް ހެދިއެވެ.
ރޭގެ މެޗުގެ މި ނަތީޖާއާ އެކު ނަސްރު ވަނީ ގުރޫޕް އީގައި މިހާތަކަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްގެން 12 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ އިރާނުގެ ޕާސެޕޯލިސް އެވެ. ތަޖިކިސްތާނުގެ އިސްތިކްލޯލް އަށް ދެ ޕޮއިންތް ލިބިފައި ވާއިރު، ދުހެއިލް އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.