ads
އަމީން
ޓެރަރިޒަމްގެ ކުށް ސާބިތުވެ އަމީންއަށް 27 އަހަރުގެ ހުކުމެއް
ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާގެ ކުށް ސާބިތުވެ، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރި މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޏ. ފުވައްމުލަކު ކަރިއްޔާވިލާ އަމީންގެ މައްޗަށް ދައުލަތުން ދައުވާކުރީ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން އުޅުމާއި ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ. 

އަމީންގެ ޝަރީއަތް ހިންގީ އާންމުކޮށް ހުޅުވާނުލައި، ސިއްރުކޮށްގެންނެވެ. އެހެންކަމުން ޝަރީއަތް ސާފު ތަފްސީލެއް މީޑިއާއަކަށް ތިލައެއް ނުވެ އެވެ.

އޭނާ 27 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގެ ބޮމުގެ މައްސަލާގައި ވެސް ތުހުމަތު ކުރެވުނު މީހެކެވެ. އެ މައްސަލާގައި ރާއްޖެއިން ބޭރުގައި އޭނާ ހުއްޓާ އިންޓަޕޯލް ރެޑް ނޯޓިސްއެއްގެ ދަށުން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައި ނަމަވެސް 2012 ވަނަ އަހަރު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

އަމީނަކީ އެމެރިކާއިން ނެރުނު ޓެރަރިސްޓުން ލިސްޓުގައި ހިމަނާފައިވާ މީހެކެވެ. އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް