ads
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ:ދިރާގު
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 
ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2023 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ދިރާގުން ބުނީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުން ކަމަށެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދާ ކަމަށް ދިރާގުން ބުނެ އެވެ.  

ދިރާގުން ބުނެފައި ވަނީ މި ޕްރޮގްރާމުގެ ދަށުން އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، ކޯޕަރޭޓް ސާވިސަސް، ޑިޕްލޮއިމަންޓް ސަޕޯޓް ސާވިސަސް، ފައިނޭންޝަލް އެކައުންޓިން، ހިއުމަން ރިސޯސަސް، ނެޓްވޯކް އޮޕަރޭޝަންސް، ޕްރޮޑަކްޓް އެންޑް ސޮލިއުޝަން ޑިވެލޮޕްމަންޓް، ރެވެނިއު އެޝުއަރެންސް އެންޑް ބިޒްނަސް ކޮންޓްރޯލް ފަދަ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

މި ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ކަމަށް ދިރާގުން ބުނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އޭލެވެލް ނުވަތަ ބެޗްލަސް ޑިގްރީ ފުރިހަމަކޮށް އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދޭނެ ކަމުގަ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހަމައެކަނި މާލޭގައި ތިބި ޒުވާނުންނަށް އެކަނި ނޫން ކަމަށާއި މާލޭގެ އިތުރުން އައްޑޫ ސިޓީ، ތިނަދޫ އަދި ލާމުގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށް ދާނެ ކަމަށް ދިރާގުން ބުނެ އެވެ. ދިރާގުން ބުނީ އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އެ ޒުވާނުންނަށް ހިފޭނެ ކަމަށެވެ. 

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2009 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައި ކަމަށް އެ ކުންފުނިން ބުނެ އެވެ. ދިރާގުން ބުނެފައި ވަނީ އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ކުރީގެ ގިނަ ދަސްވެނިންނަކީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެހެނިހެން ޖަމިއްޔާތަކުގައިވެސް ކާމިޔާބު ކެރިއަރުތަކެއް ގާއިމުކުރަމުން އަންނަ ފަރާތްތަކެއް ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށްވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްގީކުރުމަށާއި ވަގުތު މެނޭޖުކުރުމަށާއި ޕްރޮޖެކްޓް ހިންގާނެގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މައުލޫމާތާ ބެހޭ ގޮތުން ދިރާގުގެ އެކި މުވައްޒަފުންގެ ފަރާތުން ތަމްރީނު ލިބިގެންދާނެ އެވެ.  

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅޭނެއެވެ. ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށާއި އެޕްލިކޭޝަން ލުމަށް bit.ly/2023Apprenticeship 

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ޒަރިއްޔާއިން އެ ކުންފުނިން ދަނީ ޒުވާނުން ބާރުވެރިކުރުވާ، މުސްތަގުބަލުގެ ލީޑަރުން ބިނާކޮށް އަދި އެފަރާތްތަކުގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތައް ގާބިލު މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް