ކޮފީވިތް ކަރަން ސީސަން 8 ގެ އެޕިސޯޑެއްގައި ދިޕިކާ ބުނީ އޭނާ ރަންވީރު ދެކެ ލޯބިވިނަމެސް، އޭރު ވެސް ގިނަބަޔަކާއެކު "އޯޕަން ރިލޭޝަންޝިޕްތަކެއްގައި" އުޅުނުކަމަށެވެ.
މިކަމަށް މަލާމާތްކޮށް އިންޑިއާގެ ކޮލެއްގެ ދަރިވަރުން ކުޅެފައިވާ ތަމްސީލެއްވެސް ވަނީ މިހާރު ވައިރަލްވެފައެވެ. އެ ތަމްސީލުގައި ދިޕިކާ ގުޅުން ބޭއްވިކަމަށް ބުނާ މީހުންގެ ލިސްޓުގައި، މަހެންދްރަ ސިންގް ދޯނީ، ސިދާތު މާލިޔާ، ރަންބީރު ކަޕޫރު ފަދަ މީހުން ހިމެނެއެވެ.
ކޮލެޖެއްގެ ދަރިވަރުން ދިޕިކާއަށް މަލާމަތްކޮށް ތަމްސީލުކުޅުމުން ބައެއް މީހުން އެކަމާ ނުރުހުންވެސް ފާޅުކޮށްފައިވެއެވެ. އަދި މިހާރު ސޯޝަލް މީޑިއާގައި ދިޕިކާގެ "ގުޅުންތަކާ" މެދު އަންނަނީ ވަރަށް ބޮޑަށް ވާހަކަ ދެކެވެމުންނެވެ.