ads
އިނގިލިން ކަށިގޮއްވުން
އިިނގިލިން ކަށި ގޮއްވުމަކީ ގެއްލުމެއް ލިބިދާނެކަމެއްތަ؟
އިނގިލިން ކަށިގޮއްވުމަކީ ގިނަބަޔަކު ކުރާކަމެކެވެ. އިނގިލިން ކަށިގޮއްވުމަކީ "ރައްޖެބަލީ ވައި" އުފެދޭކަމަށް ބައެއް މީހުން ބުނެއެވެ. އަދި ކަށިގޮއްވުމަކީ އަތުގެ ލިގަމެންޓާއި ޓިޝޫތަކަށް ގެއްލުން ހުރިކަމެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް މިކަމުގެ ހަގީގަތް ވަރަށް ތަފާތެވެ.

ޑޮނަލްޑް އަންގާ ކިޔާ ޑޮކްޓަރެއް ވަނީ ދުވާލަކު މަދުވެގެން ދެ ފަހަރު،  50 އަހަރު ވަންދެން ކަނާތު އަތުގެ އިނގިލިތަކުން ކަށިގޮއްވާފައެވެ. އަދި ދެ އަތުގެ އެއްވެސް ތަފާތެއް ހުރިތޯ ސައިންޓިފިކް ދިރާސާއެއް ކޮށްފައެވެ.  

"ދެ އަތުގައި ވެސް ރާއްޖެބަލީ ވައެއް ނެތް، އަދި ދެ އަތުގެ މާބޮޑު ތަފާތެއް ވެސް،" އާތުރައިޓިސް އެންޑް ރޫމަޓިޒަމް ޖާނަލްގައި ޑރ. ޑޮނަލްޑް ގެ އަތާގުޅޭގޮތުން ލިޔެފައިވެއެވެ. 

ހައިދަރު އާބާދުގެ ، ކަށީގެ ސާޖަން، ރޮބޮޓިކް އަދި ނޭވިގޭޝަން ސާޖަން، ޔަޝޯދާ ހޮސްޕިޓަލްސްގެ ޑރ. ވެނުތުރްލާ ރާމް މޯހަން ރެޑީ ވިދާޅުވެފައިވާގޮތުން އިނގިލިތަކުން ކަށިގޮވަނީ ހުޅިތަކުގެ ތެރޭގައި ތާށިވެފައިވާ ވައި ބޮކިތަކެއް ފަޅައިގެން ދާތީއެވެ. އެއީ އެއްވެސް މިންވަރަކަށް ގެއްލުން ވާ ކަމެއް ނޫންކަށް އޭނާ ވިދާޅުވެއެވެ. 

މިގޮތަށް ހަށިގަނޑުގެ ހުރިހާ ހިޅަކުންވެސް ކަށިގޮއްވިދާނެކަމަށް އެނާ ވިދާޅުވެއެވެ. 

އާތުރައިޓިސް އެންޑް ރޫމެޓިޒަމް ޖާނަލްގައި 1990 ވަނަ އަހަރުގެ ބުނެފައިވަނީ  ކަށިގޮއްވުމަކީ ރާއްޖެބަލީ ވަޔަށް މަގުފަހިވާ ސަބަބެއްކަމުގެ ހެކި ނެތް ނަމަވެސް، “އަތް ދުޅަވެ ހިފެހެއްޓުމުގެ ބާރު ދަށްވުމުގެ ފުރުސަތު ބޮޑު” ކަމަށެވެ. ނަމަވެސް އޭގެ ފަހުން ގިނަ ދިރާސާތަކުން މި ނިންމުމަމާ ފުށުއަރާ ކަންތަތައްތަކެއް ވެސް ވަނީ ހޯދާފައެވެ. އެގޮތުން ދިރާސާތައް ދައްކާގޮތުން މީހުންގެ އަތްދުޅަވެ ހިފެހެއްޓުމުގެ ބާރު ދައްވުމާއި އިނގިލީގެ ކަށިގޮއްވުމާ ގުޅުމެއް ނެތެވެ. 

88%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް