ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލި ކޮމެޓީތަކުން މި ސަރުކާރުން ފާއިތުވީ ފަސް އަހަރު ދުވަހު ރާއްޖޭގެ ސިއްހީހާލަތު ވައްޓާލާފައި އޮތް މިންވަރު މިހާރު ދިރާސާ ކޮށްފައިވާކަމަށެވެ.
ކުރީގެ ހެލްތު މިނިސްޓަރު ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި ދަރުމަވަންތަ ހޮސްޕިޓަލް އެޅުނީ ވަރަށް މުހިންމު މަގުސަދެއްގަކަމަށެވެ.
ނާޒިމް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި އައިޖީއެމްއެޗްގައިވެސް ގިނަ ހިދުމަތްތަކެއް ދެން ފެށިކަމަށެވެ. އެގޮތުން ހިތުގެ ބަލިތަކާ ގުޅޭ ސެންޓަރެއްވެސް އުފައްދާފައިވާނެކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރީ "އޯޕަން ހާޓް" ސާޖަރީތައް ވެސް ކުރެވޭ ފެންވަރަށްކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްވެސް މި ފާއިތުވީ ފަސް އަހަރު ދުވަހު ނުކުރެވުނުކަމަށް ނާޒިމް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;