ދެ ދުވަހަކަށް ދެމިގެން ދިޔަ މި މައްސަލައިގެ އަޑުހުންތައް އަންގާރަ ދުވަހު ވަނީ ނިންމާލައިފައެވެ.
މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ މާނަކޮށްދިނުމަށާއި، މަޖިލީހުން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުބަލައި އިތުރު މައްސައްކަތެއް މަޖިލީހުގައި ނުކުރެވޭނެކަމަށް ކަނޑައަޅައި ދޭގޮތަށް މާނަކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލައިގައިވަނީ އެދިފައެވެ.
ރައްޔިތުންގެ މަޖިލީހަކީ މައިގަނޑު ގޮތެއްގައި ސިޔާސީ މަސައްކަތްތައް ކުރާ ތަނަކަށް ވާތީ ސިޔާސީ ގޮތުން މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއަޅައި ހުއްޓުވުމަކީ މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިއަދުގެ އަޑު އެހުމުގައި ޑިމޮކްރެޓްސް އިންވަނީ ބުނެފައެވެ.
ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓިފައިވާ މައްސަލައަށް މަޖިލީހުގެ ނިޒާމުގެ ތެރެއިން ހަތަރު ހައްލެއް އެބަ އޮތް ކަމަށް މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ސުޕްރީމް ކޯޓުގައި ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދިފައިވަނީ މަޖިލީހުގެ ގަވާއިދު މާނަކޮށްދިނުމަށެވެ. ސަބަބަކީ މަޖިލީހުގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދާއިރު ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައީސްއަށްކަމަށް ގަވާއިދުގައި ބުނެފައިވާތީ މަޖިލީހުގެ ޖަލްސާތައް ނުބޭއްވިގެންނެވެ. މަޖިލީހުގެ ޖަލްސާތަކަށް އީވާ ގެންދަވަނީ ޑެންގޫގެ އާލާސް ކަންފުޅާ އުޅުއްވާތީ ސަލާމް ވިދާޅުވަމުންނެވެ.
މައްސަލައިގެ ރިޔާސަތު ބައްލަވަމުން ގެންދަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް މަޖިލީހުގައި ނެތުމުން އެކަމަށް ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވެެރިކަން ކުރާ އެމްޑީޕީންނެވެ.
މި މައްސަލައަށް، ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސް އިން ވަނީ ތަދައްހުލްވެފައެވެ.