ads
ޖޭއެސްސީ
ހަ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފި
ހަ މެޖިސްޓްރްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން އިން ބުނެފިއެވެ.

ޖޭއެސްސީން ވަނީ މިއަދު އައްޔަނުކުރި ފަނޑިޔާރުންނާއި، އެ ފަނޑިޔާރުންގެ ވަނަވަރުވެސް އާންމުކޮށްފައިއެވެ. 

ހދ.ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓް:

ހދ.ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާ ހދ.ވައިކަރަދޫ، ޓޯކީވިލާ، އަހްމަދު އަރީޖުއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ޙާސިލްކުރައްވައި، ވިލާ ކޮލެޖްއިން މާސްޓަރާ އޮފް ޝަރީޢާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2014 ވަނަ އަހަރުން ފެށިގެން ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު އިރު  އަހްމަދު އަރީޖު ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރއެއްގެ މަގާމުގައެވެ.

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓް:

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ ގދ.މަޑަވެލި، ކަސްމީރުގެ، އަލްއުސްތާޛާ މަރްޔަމް ރަސާ ރާފިއުއެވެ. 

މަރްޔަމް ރަސާ ރާފިޢުވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ އަދި މާސްޓަރާ އޮފް ލޯސް ހާސިލްކުރައްވާފައެވެ. އަލްއުސްތާޒާ މަރްޔަމް ރަސާ ރާފިއު ވަނީ ޤާނޫނީ ދާއިރާގައި 05 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ. ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނިންމެވިއިރު، އަލްއުސްތާޒާ މަރްޔަމް ރަސާ ރާފިއު ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކޮމްޕެނީ ސެކްރެޓަރީ އެންޑް ލީގަލް ކައުންސިލްގެ މަގާމުގައެވެ.

ނ.މާފަރު މެޖިސްޓްރޭޓް ކޯޓް:

ތ.ތިމަރަފުށި، އާރާސްތު، އަލްއުސްތާޒު މުޙައްމަދު އީމާން ވަނީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ ޙާސިލްކުރައްވައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ލޯސް ޙާސިލްކުރައްވާފައެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލީގަލް އޮފިސަރގެ މަޤާމާއި، ޑްރަގް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަގެ މަގާމް، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާގެ މަގާމް އަދާ ކުރެއްވިއިރު މުޙައްމަދު އީމާންއަށް ޝަރުއީ ދާއިރާގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެއެވެ.  މުޙައްމަދު އީމާން ައްޔަންކުރެވިފައިވަނީ ނ.މާފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމަށެވެ.

ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓް:

ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާ ތ.ވިލުފުށި، ފިނިހިޔާ، އާމިނަތު ޒާފިރާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރާ އޮފް ލޯސް ހާސިލްކުރައްވައިފައެވެ. 

ޝަރުއީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ އާމިނަތު ޒާފިރާ ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނުއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ލީގަލް އޮފިސަރުގެ މަގާމްގައެވެ.

ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް:

ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ށ.ބިލެތްފަހި، ވިލުދޮޅި، ޙައްވާ އިބްރާހީމް ޢައްޔަނުކުރެވުނު އިރު ހުންނެވީ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމުގައެވެ. ޝަރުޢީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެސިސްޓަންޓް އިންވެސްޓިގޭޓިވެ އޮފިސަރުގެ މަޤާމާއި، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމް އަދާކުރައްވާފައިވެއެވެ.   

ހައްވާ އިބްރާހީމްވަނީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ވިތް އޮނަރސް ޙާސިލްކުރައްވައިފައެވެ. 

ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓް:

ގއ.ދާންދޫ، ނޫރަންމާގެ، ޙައްމާދު ވާފިރު ވަނީ ބެޗްލަާ އޮފް ޝަރީޢާ އެންޑް ލޯ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޙާސިލްކުރައްވާފައެވެ. ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރެވުނު އިރު އަލްއުސްތާޛު ޙައްމާދު ވާފިރު ހުންނެވީ އެޓަރނީ ޖެނެރަލްގެ އޮފީހުގައި ސީނިއާ ސްޓޭޓް އެޓަރނީގެ މަޤާމް ގައެވެ. އަދި ޝަރުޢީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް