ads
އެމިރޭޓްސްގެ ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކަނޑާލަނީ
އެމިރޭޓްސް އެއާލައިންގެ ރައީސް އާއި ނައިބު ރައީސްގެ މުސާރަ ތިން މަސް ދުވަހަށް ކަނޑާލަން ނިންމާފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމިރޭޓްސްގެ ދަތުރުތަކަށް އޮންނަ ޑިމާންޑް ކުޑަވެ ކުންފުނީގެ އާމްދަނީ ދަށްވަމުން އަންނާތީ ހަރަދުކުޑަކުރުމުގެ ގޮތުން އެ ކުންފުނީގެ ރައީސް އާއި ނައިބު ރައީސްގެ މުސާރަ ތިން މަސް ދުވަހަށް ކަނޑާލަން ނިންމާފައިވާއިރު އެ ކުންފުނީގެ އެންމެ އާދައިގެ މުވައްޒަފުން ފިޔަވާ އެހެން މުވައްޒަފުންގެ އަސާސީ މުސާރައިން 25 އިންސަތައާއި 50 އިންސައްތައާއި ދެމެދުގެ އަދަދެއް ކެނޑުމަށް ވަނީ ނިންމާފައެވެ.

އެމިރޭޓްސް އިން ވަނީ އެ އެއާލައިނުން މީހުން އުފުލައިގެން ކުރާ ދަތުރުތައްވެސް ބުދަ ދުވަހުން ފެށިގެން ހުއްޓާލަން ނިންމާފައެވެ. މީހުން އުފުލުން ހުއްޓާލަން ނިންމި ނަމަވެސް އެކުންފުނިން ކާގޯ އުފުލާނެކަމަށް އެ އެއާލައިނުން ބުނެއެވެ.

އެމިރޭޓްސް އިން ބުނީ، ކުރިއަށް އޮތްތާގައި ޑިމާންޑަށް ބަދަލެއް އައިސްފިނަމަ ދަތުރުތައް އަލުން ފަށާނެކަމަށެވެ.

އެމިރޭޓްސް އެއާލައިނަކީ ދުނިޔޭގެ 159 ސަރަހައްދަކަށް ދަތުރުކުރާ އެއާލައިނެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް