ads
އޯޓިސް ޚާން
އޯޓިސް ހާނަށް އެންމެ ފަހުން ފީފާގެ ހުއްދަ ލިބިއްޖެ
ޕާކިސްތާނުގެ ގައުމީ ޓީމުގައި ހިމެނި ހަ މެޗު ކުޅެފައިވާ، ގްރިމްސްބީ ޓައުންގެ އޮޓިސް ޚާނަށް، ޕާކިސްތާނަށް ކުޅޭވޭނެ ކަމަށް ފީފާއިން އެންމެ ފަހުން ރަސްމީކޮށް ނިންމައިފިއެވެ.

ޕާކިސްތާނުގެ ގައުމީ ޓީމުގައި ހިމެނި ހަ މެޗު ކުޅެފައިވާ، ގްރިމްސްބީ ޓައުންގެ އޮޓިސް ޚާނަށް، ވޯލްޑްކަޕް ކޮލިފައިންގައި ޕާކިސްތާނުގައި މިދިޔަ މަހު ކެމްބޯޑިއާއާ ދެކޮޅަށް ކުޅުނު ދެ މެޗުން ކުރެ އެއް މެޗުގައިވެސް ނުކުޅެވުނެވެ. އެއީ ޕާކިސްތާނުގެ ގައުމީ ޓީމަށް ކުޅެން އޭރު އަދި ޝަރުތު ހަމަނުވާ ކަމަށް ފީފާއިން ނިންމުމާ ގުޅިގެންނެވެ.

ފީފާއިން އެޕްރޫވް ނުކޮށްގެން ވޯލްޑްކަޕް ކޮލިފައިންގައި އޯޓިސް ހާނަށް ނުކުޅެވުނު ނަމަވެސް މިދިޔަ ޖޫން ޖުލައިގައި އިންޑިޔާގައި އޮތް ސާފް ޗެމްޕިއަންޝިޕާ، އަދި އޭގެ ކުރިން އޮތް ފޯ ނޭޝަނަސް ފްރެންޑްލީ މުބާރާތެއްގައި އޯޓިސް ހާންވަނީ ޕާކިސްތާނަށް ކުޅެފައެވެ.

އޯޓިސް ހާނަށް ޕާކިސްތާނަށް ކުޅެން މިހާރު ކްލިއަރެންސް ލިބިފައިވުމުން ބެލެވޭ ގޮތުގައި ވޯލްޑްކަޕް ކޮލިފައިންގައި އަންނަ ހަފްތާގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ޕާކިސްތާނު ކުޅޭ މެޗުގައި އޯޓިސް ހާނު ކުޅޭނެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް