ads
ޔާމީން ހައިކޯޓުގައި
ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ނިމުމާ ދިމާލަށް
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު އަޑު އެހުންތައް ނިމުމަކާ ކައިރިވެއްޖެއެވެ.

ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ދިގު އަޑު އެހުމެއް ބުރާސްފަތި ދުވަހު ހައިކޯޓުގައި އޮތް އިރު، ބުރާސްފަތި ދުވަހުގެ އަޑުހުމުގައި، ދަށު ކޯޓުގެ ޝަރީއަތް ދިޔަ ގޮތާ ގުޅޭ ގޮތުން މައްސަލައިގައި ހިމެނޭ މީހުންނާ ހައިކޯޓުން ގިނަ ސުވާލުތަކެއް ކުރިއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި މިއަދު އަމާޒުކޮށްފައިވަނީ ދަށު ކޯޓުގައި ކުރިއަށް ގެންދިޔަ އިޖުރާތުތަކާ ގުޅޭ ގޮތުންނާއި އެއްވެސް ހައްގެއް ގެއްލިފައިވޭތޯ ބެލުމުގެ ގޮތުންނެވެ.

ފަނޑިޔާރުންގެ ފުރަތަމަ ސުވާލުތައް ކުރެއްވީ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ދައުލަތުން އެއްބަސްވެފައިވާ ނުކުތާތަކާ ގުޅޭ ގޮތުންނެވެ. އޭގެ ތެރޭގައި ޔާމީނަށް ބައެއް ހައްގުތައް ކަށަވަރުކޮށްދިނުމާއި ކްރިމިނަލް ކޯޓުގައި ފަނޑިޔާރު ހައްދަވާފައިވާ ގޯހެއް ވެސް ހިމެނެ އެވެ.

ފަނޑިޔާރު ހައްދަވާފައިވާ ގޯހަކީ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ބަޔާނެއް ފާހަގަ ކުރުމެވެ. ނަމަވެސް އެ ގޯހުގެ ސަބަބުން ދަށު ކޯޓުގެ ހުކުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

މެންދުރު 2:00 ޖަހާއިރު ފެށި އަޑުއެހުން ނިންމާލީ މަގްރިބި ނަމާދަށެވެ. އަޑުއެހުން ނިންމާލައްވަމުން، ރިޔާސަތުން އިއުލާން ކުރެއްވީ ސުވާލުތައް އަދިވެސް ނުނިމޭތީ އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.

73%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް