ads
އޭޖީ އިބްރާހީމް ރިފްއަތު
މަޖިލީހުގައި ނުނިމި 30 ބިލު އެބައޮތް: އޭޖީ
ދެހާސް އަށާރަ ވަނަ އަހަރު މި ސަރުކާރު އައި ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 153 ބިލުގެ ތެރެއިން އަދިވެސް ނުނިމި އެކި މަރުހަލާތަކުގައި 30 ބިލެއްގެ މަސައްކަތް އެބައޮތްކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
Advertisement

އޭޖީ އޮފީހުން ބުނީ، މިހާތަނަށް ނުނިމި އެކި މަރުހަލާތަކުގައި އޮތް ބިލުތަކުގެ ތެރޭގައި، މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ދެ ބިލެއް ވެސް އެބައޮތްކަމަށެވެ. އެއީ ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަން ބިލެވެ. 

"އޭގެ އިތުރުން ދިވެހިރާއްޖޭގެ ރައްތަކުގެ ބިން ބޭނުންކުރުމާގުޅޭ އުސޫލުތައްް އެކަށައަޅާ ބިލާއި، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ އިތުރުން، ވިޔަފާރިއާއި އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ބިލުތައް ވެސް މަޖިލީހުގައި އެބައޮތް،" އޭޖީ އޮފީހުން ބުންޏެވެ.

އަދުލު އިންސާފާއި ޝަރުއީ ދާއިރާއާ ގުޅުންހުރި މުހިންމު ބިލުތަކެއްގެ މަސައްކަތް ވެސް ނުނިމި އޮތްކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެ ބިލުތަކަކީ ކޯޓުތައް އިސްލާހުކުރުމަށާއި، އަދުލު އިންސާފު ގާއިމްކުރުމަށް މުހިންމު ބިލުތަކެއްކަމުގައި އޭޖީއިން ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ހަވީރު އިއްވި ހުކުމުގައި ބުނެފައި ވަނީ މަޖިލިހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލިހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލިހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. 

މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް އެ ގަވާއިދު މާނަ ނުކުރެވޭނެ ކަމަށާއި މަޖިލިހުގެ ރިޔާސަތު ހުސްނުވާނެ ގޮތަށް އެ ގަވާއިދުން ޖާގަ ދީފައިވާއިރު، ހުށަހެޅިފައިވާ ގަރާރާ ގުޅިގެން ގަވާއިދު މާނަކުރަން ޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން ކަމަށް ވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެލި މި މައްސަލައިގައި މިއަދު ހުކުމްކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާއެކު ރައްޔިތުންގެ މަޖިލީހުން ވަނީ ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައެވެ.

އެމްޑީޕީ އިން ވަނީ އިންތިހާބީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތުގައި ނަޝީދު އިންނަވާނަމަ، ހުވާކުރުމާއި ކެބިނެޓް ފާސްކުރުމަށް އެއްބާރުލުން ނުދޭނެކަމަށް ބުނަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް