ads
ރޮޒައިނާ އާދަމް: ފޮޓޯ އެމްޑީޕީ
ފަނޑިޔާރުންނަށް ނަޝީދު މަލާމަތްކޮށްފި: ރޮޒައިނާ
މަޖިލީހުގެ ގަވާއިރު މާނަކޮށް ސުޕްރީމް ކޯޓުން އިއްވިހުކުމާއިގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަމައްދު ނަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މަލާމަތްކޮށްފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ވަނީ އެކްސްގައި މަޖިލުގެ ވަޓްސްއެޕް ގުރޫޕުގައި ނަޝީދު ގެއްކެވި ވާހަކަފުޅުތަކެއް ވެސް އާންމުކުރައްވައިފައިއެވެ. 

"ހުކުމް އިއްވީމާވެސް މަގާމުގަ ބައްދައިގެން އޮންނަން ނަޝީދު ވިސްނަނީ. 7 ދުވަސް ވަންގެން މިކަން ވެވުނަ ނޫދީ ހިފަހައްޓަން ނަޝީދު ވިސްނަނީ،" ރޮޒޭނާ ވިދާޅުވިއެވެ. 

މިގޮތުން ނަޝީދު ވަނީ ފަނޑިޔާރުންނަކީ ލިޔަންކިޔަން ނޭގޭ ބައެއްކަމާށް ބުނެފައިކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ހަވީރު އިއްވި ހުކުމުގައި ބުނެފައި ވަނީ މަޖިލިހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލިހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލިހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. 

މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް އެ ގަވާއިދު މާނަ ނުކުރެވޭނެ ކަމަށާއި މަޖިލިހުގެ ރިޔާސަތު ހުސްނުވާނެ ގޮތަށް އެ ގަވާއިދުން ޖާގަ ދީފައިވާއިރު، ހުށަހެޅިފައިވާ ގަރާރާ ގުޅިގެން ގަވާއިދު މާނަކުރަން ޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން ކަމަށް ވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެލި މި މައްސަލައިގައި މިއަދު ހުކުމްކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާއެކު ރައްޔިތުންގެ މަޖިލީހުން ވަނީ ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައެވެ.

އެމްޑީޕީ އިން ވަނީ އިންތިހާބީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތުގައި ނަޝީދު އިންނަވާނަމަ، ހުވާކުރުމާއި ކެބިނެޓް ފާސްކުރުމަށް އެއްބާރުލުން ނުދޭނެކަމަށް ބުނަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް