ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ބެލެވިފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުން އެމްބާޕޭ ދެން ބަދަލުވާނީ އިގިރޭސި ޕްރިމިއާ ލީގަށެވެ. ރިއާލް މެޑްރިޑަށް އެމްބާޕޭ ބަދަލުވާނެ ކަމަށް ކުރިން ބެލެވެމުން އައިނަމަވެސް އެ ފުރުސަތު މިހާރު ދެން ނެތް ކަމަށްވަނީ ބެލެވެން ފަށާފައެވެ.
އިގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެމްބާޕޭ ހޯދުމަށް ޝައުގުވެރިވާ އިގިރޭސި ކްލަބުތަކުގެ ތެރޭގައި ލިވަޕޫލާއި ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ހިމެނެއެވެ.
އެމްބާޕޭ ހޯދުމަށް މިހާރު ރެއާލްގެ ޝައުގުވެރިކަމެއް ނެތް ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެއެވެ.