އެ ކުންފުނިން ބުނީ އެ ހަފުލާގައި މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ކާމިޔާބު އިވެންޓަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިން ވޮލަންޓިއަރުންނާއި ޕޭސާސްގެ އަގުވަޒަންކޮށްފައިވާ ކަމަށެވެ.
އެ ހަފުލާގައި ރަންވަނަތައް ހާސިލުކުރި 31 ފަރާތަކަށް އެވޯޑު ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ހާފް މެރެތަން، 10ކޭ، 5ކޭ އޯޕަން، 5ކޭ ސްކޫލް – 13 އަހަރުން މަތީގެ އަދި 5ކޭ - ސްކޫލް 13 އަހަރުން ދަށުގެ ކެޓެގަރީތަކުން ރާއްޖޭގެ 14 ދުވުންތެރިންނާއި ބައިނަލްއަގުވާމީ ފަސް ދުވުންތެރިންގެ އިތުރުން 12 ސްކޫލެއްގެ ކުދިން ހިމެނޭ ކަމަށް ދިރާގުން ބުނެ އެވެ.
ހާފް މެރެތަންގެ ޗެމްޕިއަންއަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ހަދިޔާކޮށްފައިވާއިރު، ރަނަރަޕްއަށް 15،000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 10،000 ރުފިޔާގެ އިނާމު ވަނީ ދީފަ އެވެ. އަދި 10ކޭ އާއި 5ކޭ އޯޕަން ކެޓެގަރީގެ ޗެމްޕިއަނުންނަށް 10،000 ރުފިޔާ، ރަނަރަޕްއަށް 8،000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 6،000 ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން 5ކޭ ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ވަނީ ގިފްޓް ވައުޗަ ހަވާލުކޮށްފަ އެވެ. އެއީ ޗެމްޕިއަނުންނަށް 5،000 ރުފިޔާ، ރަނަރަޕްއަށް 3،000 ރުފިޔާ އަދި ސެކްންޑް ރަނަރަޕްއަށް 1،000 ރުފިޔާގެ ވައުޗަރުތަކެވެ. އެގޮތުން ދިރާގުން ވަނީ ޖުމުލަ ގޮތެއްގައި އޯވަރޯލް އަދި ލޯކަލް ކެޓެގަރީގެ ވަނަ ވަނަ ހާސިލުކުރި ފަރާތްތަކަށް 400،000 އެއްހާ ރުފިޔާގެ އަގުހުރި އިނާމު ހަވާލުކޮށްފަ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ރޭހުގެ ވަނަތައް ހާސިލުކުރި ދުވުންތެރިންނަށް ހޫނު މަރުހަބާއެއް ދަންނަވާ، އެ ފަރާތްތަކުން ހޯދި ކާމިޔާބީގެ އަގުވަޒަންކުރައްވާފަ އެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ހަމައެކަނި ގައުމީ އަދި ބައިނަލްއަގުވާމީ ދުވުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެއްގެ އިތުރުން މި ދުވުމުގައި ބައިވެރިވާ ކޮންމެ ދުވުންތެރިއެއްގެ ފިޔަވަޅަކީވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއް ކަމަށް އިސްމާއިލް ރަޝީދު ފާހަގަކުރެއްވި އެވެ.
ރޭގެ ހަފުލާގައި ދިރާގުން ވަނީ ޖުމުލަ 635،000 ރުފިޔާ ރޯޑް ރޭހުގެ އެންޑޯސްޑް އެންޖީއޯތަކަށް ހަދިޔާކޮށްފަ އެވެ. އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަކަށް ޖުމުލަ 200،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހުށަހަޅާފަ އެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ރީތި ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާ ވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 12 އެންޖީއޯއަށް ހަވާލުކޮށްފަ އެވެ. މިގޮތުން ޓޮޕް ފަސް އެންޖީއޯތަކުގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް 76،250 ރުފިޔާ އަދި ބާކީ ހަތް އެންޖީއޯތަކުގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް 36،250 ރުފިޔާ ހަދިޔާކޮށްފައިވެ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ. ދިރާގުން ބުނެފައި ވަނީ މި އަހަރުވެސް 4،000 އަށް ވުރި ގިނަ ބައިވެރިން ރޭހަށް ރަޖިސްޓަ ކުރިއިރު، 27 ގައުމެއްގެ ދުވުންތެރިން ދުވުމުގައި ބައިވެރިވި ކަމަށެވެ. އަދި 31 ސްކޫލެއްގެ ދަރިވަރުން ރޭހުގައި ބައިވެރިވިއިރު، އެ ސްކޫލުތަކުގެ ތެރޭގައި އަތޮޅުތެރޭގެ ހަތް ސްކޫލެއް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ހަފުލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާނުކޮށްފަ އެވެ.
މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އިނާމު ލިބުނު ފަރާތްތަކަކީ:
ހާފް މެރެތަން – ފިރިހެން
ހާފް މެރެތަން – އަންހެން
10ކޭ – ފިރިހެން
10ކޭ – އަންހެން
5ކޭ އޯޕަން – ފިރިހެން
5ކޭ އޯޕަން – އަންހެން
5ކޭ ސްކޫލް 13 އަހަރުން މަތީގެ - ފިރިހެން
5ކޭ ސްކޫލް 13 އަހަރުން މަތީގެ - އަންހެން
5ކޭ ސްކޫލް 13 އަހަރުން ދަށުގެ - ފިރިހެން
5ކޭ ސްކޫލް 13 އަހަރުން ދަށުގެ - އަންހެން