ads
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަތުގައި ރައީސް ސޯލިހު ގައުމާ މުހާތަބުކުރައްވަނީ: ވިދާޅުވީ މި ދައުރު ގެނެވުނު އިގުތިސޯދީ ހެޔޮ ބަދަލުތަކަކީ އާމްދަނީ ދެގުނަ ކުރެވޭނެ ކަމަކަށް ވާނެ ކަމަށް - ފޮޓޯ:ރައީސް އޮފީސް
ސަރުކާރުން ގެނައި އިގުތިސޯދީ ބަދަލުތަކުން އާމްދަނީ ދެގުނަ ކުރެވޭނެ
މި ދައުރުގެ ތެރޭގައި ކޯވިޑް-19 އިން އަރައިގަނެ އަދި ގެނެވުނު އިގުތިސޯދީ ހެޔޮ ބަދަލުތަކަކީ ދައުލަތުގެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ރިޔާސީ ދައުރުގައި މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާ އާއި އެކަމާ ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެގެންދިޔަ އިގުތިސޯދީ ދަތިތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ އެންމެހާ ކަންކަން ފުރިހަމަކޮށްދީ، ތަރައްގީގެ މަޝްރޫއުތައްވެސް ހުއްޓާނުލައި ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި އެންމެ ފުރަތަމަ އާބާދީގެ އެންމެން ވެކްސިން ފުރިހަމަކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނުކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލެވުނު އެއް ގައުމަކަށް ރާއްޖެ ވި ކަމަށާއި ފަތުރުވެރިކަމާއި އިގުތިސޯދު އިހުހުރި ހިސާބަށް ރުޖޫއަކުރުމުގައި ލިބުނު ކާމިޔާބީއަކީ ބޮޑު ކާމިޔާބީއެއް ކަމުގަ އެވެ.

މި ދައުރުގެ ތެރޭގައި ރާއްޖޭގެ އިގުތިސޯދު ހަރުދަނާކުރެއްވުމަށް ކުރެއްވުނު ބައެއް މުހިއްމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެޅުމުގެ މަސައްކަތާއި ހަނިމާދޫ އެއާޕޯޓުގެ މަސައްކަތާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތުގެ އިތުރުން އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ އިގުތިސޯދުގެ މައި އެއް ސިނާއަތު ކަމުގައިވާ މަސްވެރިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި މަސްވެރި ސިނާއަތެއް ކުރިއެރުވުމަށް މީގެކުރިން ދެވިފައި އޮތް ސަމާލުކަން ކުޑަ ކަމަށެވެ. މި ދައުރުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް