ads
އިންތިހާބީ ރައީސް މުއިއްޒު: ވިދާޅުވީ އިސް މަގާމުތަކަށް އައްޔަންކުރައްވާނީ އެހެން މީހެއް ކައިރިން އެޕްރޫވަލް ހޯދަން ނުޖެހޭ ބޭފުޅުން ކަމަށް.
މަގާމަށް އައްޔަންކުރާނީ މީހެއް ކައިރިން އެޕްރޫވަލް ހޯދަން ނުޖެހޭ ބޭފުޅުން
ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކުރައްވާނީ އެމަނިކުފާނަށް އިތުބާރާއި ޔަގީންކަން އޮތް، ކަމަކަށް އިރުޝާދުދެއްވުމުން އެހެން މީހެއް ކައިރިން "އެޕްރޫވަލް" ހޯދަން ނުޖެހޭ ފަދަ ތައުލީމީ ގާބިލު ބޭފުޅުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީގެ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއިން ގެނެސްދިން ދިވެހީންގެރާއްޖެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ ކެމްޕެއިން ފެށުނީއްސުރެ މިއަދާ ހަމައަށް އައިއިރުވެސް ދައްކަވާފައި ހުންނާނީ އެއް ވާހަކަފުޅެއް ކަމަށެވެ. އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކާ މެދު ގޮތް ނިންމުމަކީ އިންތިހާބުކުރި ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނު ނިކުންނަވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. ކެމްޕެއިނުގެ ތެރޭގައި ސަރުކާރާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފައިވާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އެއް ވާހަކައަކީ އެމަނިކުފާނުގެ ސަރުކާރުގެ މަތިފަޑީގައި ތިބޭނީ އެމަނިކުފާނަށް ފަހުބަސް ވިދާޅުވެވޭ ބޭފުޅުން ކަމުގަ އެވެ.

"އަޅުގަނޑު އެކުލަވާލާ ޓީމް. އެއީ ސަރުކާރު، ކެބިނެޓް، ކުންފުނިތަކުގެ ވެރިންގެ ގޮތުގައިލާ ބޭފުޅުން. އެއީ ސަރުކާރަކީ. ސަރުކާރުގެ އެންމެ މަތިފަޑިއަކީ. އެ މަތިފަޑީގައި ތިބޭނީ އަޅުގަނޑަށް، އެއިން ކޮންމެ ބޭފުޅެއްގެ މައްޗަށް ފަހުބަސް ބުނެވޭ މީހުން. އަޅުގަނޑު ބަހެއް ބުނީމާ، ކަމެއް ކުރަން ވަކި ގޮތަކަށް ދެންނެވީމާ، އެ ބޭފުޅަކު އެހެން ބޭފުޅެއްގެ އެޕްރޫވަލް ހޯދަން ޖެހޭ ބޭފުޅަކު އަޅުގަނޑު ނުލާނަމޭ،" - އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ މަގާމުތައް ހަވާލުކުރައްވާނީ ރައްޔިތުންނަށްޓަކައި ވީ ވައުދުތައް ރަނުންރަނަށް ފުރިހަމަ "ކޮމިޓްމަންޓް" އާ އެކީގައި ރެޔާއި ދުވާލު ހޭލާ ހުރެގެން މަސައްކަތް ކުރަން ޖެހުނު ނަމަވެސް، ކުރެވޭވަރުގެ ބޭފުޅުންނާ ކަމަށެވެ.

އިތުރު ތަފްސީލު އަންނަނީ...

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް