ads
ދިވެހި ލީގުގައި ކުރިން ސީޒަނެއްގެ މެޗެއްގެ ތެރެއިން
ދިވެހި ލީގުގެ ކުޅުން ބުރާސްފަތި ދުވަހު އަލުން ފަށަނީ
ފަސްކޮށްފައިވާ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.
Advertisement

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން، މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަށަން އޮތް ނަމަވެސް މެޗުތައްވަނީ ފަސްކޮށްފައެވެ.  އެ ދުވަހު ލީގުގެ ކުޅުން ބްރޭކަށް ފަށަން އޮތީ އީގަލްސްއާ ޔޫވީ ކުޅޭ މެޗުންނެވެ.  އެހެންނަމަވެސް ލީގު މެޗުތައް ފަސްކުރަން އެފްއޭއެމުން ނިންމާފައިވަނީ ފުލުހުން އެފްއޭއެމްގެ އޮފީސް ރެއިޑްކޮށް ސާމާނުތަކެއް ގެންގޮސްފައިވާތީ، މުބާރާތްތައް ކުރިއަށް ގެންދެވެން ނެތް ކަމަށް އެފްއޭއެމުން ބުނެފައި އޮތުމަށް ފަހުއެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕީޖީގެ އަމުރަކަށް ފުލުހުން އެފްއޭއެމް ހައުސްއަށްވަނީ ވަދެފައެވެ. ފުލުހުން އެފްއޭއެމްގައި ހަރަކާތްތެރިވަމުން ދަނިކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެފްއޭއެމަށް ވަޑައިގެން ފުލުހުންނާ ވާހަކަ ދައްކަމުން ދިޔަ މަންޒަރުވަނީ އެ ދުވަހު ފެނިފައެވެ. އެހެންނަމަވެސް އެ އިމާރާތަށް ބައްސާމް ވަދެވަޑައިގެންނެވުމަށް ފުލުހުން ހުރަސް ނާޅާ ކަމަށް ބައްސާމް އޭރު ވިދާޅުވިއެވެ.

އެ އެސޯސިއޭޝަނަށް ފީފާ އާއި އޭއެފްސީން ދޭ ފައިސާ، އެ ތަނުގެ ވެރިން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވުމުން ތަހްގީގުގެ ބޭނުމަށް "ގިނަ އަދަދެއްގެ ލިޔެކިއުމާއި މަސައްކަތްތަކުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އެތަކެއް އާލާތްތަކެއް" ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެފްއޭއެމުން އޭރު ބުންޏެވެ. އަދި އެކަމުގެ ސަބަބުން ފުޓްބޯޅަ ލީގާއި ރޭވިފައި ހުރި އެނޫން ވެސް އެހެނިހެން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެކަމެއް ނޫން ކަމުގައި އެފްއޭއެމުން ބުނެފައިވެއެވެ.

ލީގުގެ މެޗުތައް ބުރާސްފަތި ދުވަހު އަލުން ފަށަން މަސައްކަތް ކުރަމުން އަންނަކަން އެފްއޭއެމުން ކްލަބުތަކަށްވެސް އަންގާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް